މިހާރު ކުރަމުންދާ ވިއްސާރާގައި އިތުރަށް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ކ. އަތޮޅާ ތ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން އެސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދުގެ 14:30ން ފެށިގެން 15:30 ހާ ހަމައަށެވެ.
ކ. އަތޮޅާއި ތ. އަތޮޅާ ދެމެދަށް ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިއަދުގެ މޫސުން
- ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ.
- އިރުއުތުރާއި އިރުން މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ.
- އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
- ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
- ވިލާގަޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް މެދުތެރޭ އަތޮޅުތަކަށް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
ވިލާގަޑުގައި ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.