އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް ދާދު އަށް

މިއަހަރުގެ ފުޓްބޯޅަ ސީޒަނުގެ އެންމެ އުއްމީދީ ކުޅުންތެރިއާގެ މަގާމު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ނާއިޒް ހަސަން (ދާދު) އާ ހަވާލު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރުގެ ފުޓްބޯޅަ ސީޒަނުގެ އެންމެ އުއްމީދީ ކުޅުންތެރިއާގެ މަގާމު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ނާއިޒް ހަސަން (ދާދު) އަށް ލިބިއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި ޒުވާން ފޯވަޑް ދާދު އަށް އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ކުރީގެ ބާސެލޯނާ އަދި ސްޕެއިންގެ ކެޕްޓަން ކާލްސް ޕުޔޯލް އެވެ.

އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ހޯދި ދާދު އަކީ މި ސީޒަނުގައި ޓީސީ އަށް މޮޅު ކުޅުމެއް ދައްކައި، އެކްލަބަށް ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ ހޯދައިދިނުމުގައި އިސްދައުރެއް އަދާކޮށްދިން ކުޅުންތެރިއެކެވެ.

އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑު ދާދު ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެެ ގިނަ ލަނޑު ޖަހައި ރަން ބޫޓު މިފަހަރު ވެސް ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ.

comment ކޮމެންޓް