ފިލްމުން ދަސްކުރި ގޮތަށް ފިރިމީހާ މަރާލައިފި

ސްވާތީ އޭނާގެ ފިރިމީހާ ސުދާކަރާ އެކު. ފިލްމު ބަލައިގެން ފިރިމީހާ މަރާލައި ލޯބިވެރިޔާގެ މޫނަށް އެސިޑް ޖެހިކަމަށް ސްވާތީ ވަނީ އެއްބަސްވެފައި-- ފޮޓޯ : އިންޑިއާ ޓުޑޭ

ފިލްމުތަކަކީ ގިނަ ބައެއްގެ ވިސްނުން ބަދަލުކޮށްލާ އެއްޗެއް ކަމަށް ގިނަ މާހިރުން އަބަދު ވެސް ބުނެ އެވެ. ފިލްމުތަކުގައި ލާ ހެދުމާއި މީހުންގެ ހަރާކާތްތައް ހުންނަ ގޮތްތަކާއި ޑައިލޮގްތައް ގިނަ ބައެއްގެ ހިތުގައި ވަނީ ބިން ވަޅުނެގިފައިވެ އެވެ. ފިލްމުތަކުން ފެންނަ މަންޒަރުތަކާ އެއްގޮތަށް ކޮޕީ ކުރުމަށް ވެސް ގިނަ ބަޔަކު މަސައްކަތްކުރާތަން ފެނެއެ ވެ.

މިއީ ވެސް އެފަދަ ހާދިސާއެކެވެ. އިންޑިއާގެ އަންހެނަކު ވަނީ ޓެލެގޫ ފިލްމެއް ބަލައި އެ ފިލްމުމް "އިންސްޕިރޭޝަން" ނަގައިގެން އޭނާގެ އަމިއްލަ ދިރިއުޅުމުގައި ވަރުގަދަ ޑްރާމާއެއް ކުޅެލައިފަ އެެވެ.

ސްވާތީ ކިޔާ އިންޑިއާ އަންހެނަކު ވަނީ އޭނާގެ ލޯބިވެރިޔާ ރާޖޭޝްއާ ގުޅިގެން ސްވާތީގެ ފިރިމީހާ ސުދާކަރު މަރާލައި އަންދާލައިފަ އެވެ. އެއަށް ފަހު ސްވާތީ ވަނީ އޭނާގެ ލޯބިވެރިޔާގެ މޫނަށް އެސިޑް އަޅައިފަ އެވެ.

ސްވާތީ ވަނީ އޭނާގެ ލޯބިވެރިޔާ ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު ޕްލާސްޓިކް ސާޖަރީ ހަދައިފަ އެވެ. ސްވާތީ އޭނާގެ ފިރިމީހާގެ އާއިލާ ކައިރީގައި އޭރު ބުނަމުން ދިޔައީ، އޭނާގެ "ލޯބިވެރިޔާ" އަކީ އޭނާގެ ފިރިމީހާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހު ސްވާތީގެ "ފިރިމީހާ"ގެ ހަރަކާތްތަކުން ޝައްކުވާން ފެށުމުން ސުދާކަރުގެ އާއިލާއިން ފުލުހުންނަށް މައްސަލަހުށަހަޅައިފަ އެވެ.

ފުލުހުންގެ ތަހުގީގުތަކުން ވަނީ ސްވާތީގެ ރޭވުންގަނޑު އެންމެ ފަހުން ފަޅާއަރުވައިލައިފަ އެވެ. ސްވާތީ ބުނީ އޭނާ އެފަދައިން އަމަލުކުރީ ޓެލެގޫ ފިލްމެއް ކަމަށްވާ ޔަވަދޫ ބަލައިގެން ކަމަށެވެ.

ޓެލެގޫ ފިލްމު ޔެވަދޫގައި ވާގޮތުން، އެފިލްމުގެ ބަތަލު ސަތްޔާ އޭނާގެ ލޯބިވެރިޔާ އާ އެކު ފިލަން އުޅެނިކޮށް ވަރަށް ބޮޑަށް ޒަހަމްކޮށްލަ އެވެ. ނަމަވެސް ޕްލާސްޓިކް ސާޖަން އަކު ވަނީ އެހެން މީހެއްގެ މޫނާ ސަތްޔާގެ މޫނާ ބަދަލުކޮށްފަ އެވެ.

ފިލްމާއި އަސްލު ހިނގި ހާދިސާއާ ހުރި ތަފާތަކީ އަސްލު ހާދިސާގައި ފިރިމީހާގެ މޫނާ ލޯބިވެރިޔާގެ މޫނާ ބަދަލުކޮށްފައި ނުވާ ކަމަވެ.

comment ކޮމެންޓް