''އެސްއެމްއެސް'' ތައާރަފްކުރިތާ 25 އަހަރު

މޯބައިލް ފޯނު ބޭނުންކޮށްގެން ފޮނުވާ ޓެކްސްޓް މެސެޖް ނުވަތަ އެސްއެމްއެސް، އީޖާދުކޮށް ބޭނުންކުރާން ފެށިތާ 25 އަހަރު ވެއްޖެއެވެ.

ޝޯޓް މެސެޖް ސާރވިސް (އެސްއެމްއެސް) ޚިދުމަތް އެންމެ ފުރަމަތަ ބޭނުން ކުރަން ފަށާފައި ވަނީ، މީގެ 25 އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ އެސްއެމްއެސް އެއް ފޮނުވާފައިވަނީ 1992 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. 22 އަހަރުގެ ޒުވާނަކު އޭނާގެ އެކުވެރިއަކަށް މި މެސެޖް ފޮނުވިތާ 25 އަހަރު ފުރުން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ފުރަތަމަ އެސްއެމްއެސް އެއް ފޮނުވާފައިވަނީ ނީލް ޕެޕްވޯތް ކިޔާ މީހެކެވެ. އެނާ ބުނީ "އެސްއެމްއެސް" އަކީ ހާއްސަ އެއްޗަކަށް ވާނެ ކަމަށް އޭނާ އޭރު އުއްމީދު ނުކުރާ ކަމަށެވެ.

ނީލް ޕެޕްވޯތަކީ އެންމެ ފުރަތަމަ އެސްއެމްއެސްގެ ޚިދުމަތް ބޭނުންކުރި މީހާ ކަމުގައިވިޔަސް، އޭނާ އެ ޚިދުމަތް ބޭނުންކުރުމުގެ އަށް އަހަރު ކުރީން، ފިންލެންޑްގެ އިންޖިނިއަރެއް ކަމަށްވާ، މެޓީ މެކޮނަން ވަނީ އެ ޚިދުމަތް އީޖާދުކޮށްފައެވެ. އެސްއެމްއެސް އީޖާދު ކުރި ޓީމުގައި ހިމެނޭ ފިންލެންޑް މީހާ މަރުވީ 2015 ވަނަ އަހަރު ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްމާޓް ފޯނުގެ މި ޒަމާނާއި ހަމައަށް ޓެކްސްޓް މެސެޖް ނުވަތަ އެސްއެމްއެސް އަކީ މުހިއްމު އަދި މަގްބޫލު އެއްޗެކެވެ. ނަމަވެސް ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ އެޕްލިކޭޝަންތަކާއެކު އެސްއެމްއެސް ބޭނުން ކުރާ މިންވަރު މިވަނީ ވަރަށް ބޮޑުތަން މަދުވެފައެވެ.

comment ކޮމެންޓް