ސްމާޓް ފޯނުގެ ވިޔަފާރީގައި ދުނިޔޭގައި ކުރިއަރަމުން އަންނަ ޗައިނާގެ ޝިއޯމީ ކުންފުނީގެ ރެޑްމީ ނޯޓް 11ގެ ވާހަކަ ދައްކާއިރު، ފާހަގަކޮށްލަން ޖެހޭކަމަކީ ރެޑްމީގެ ފޯނު ސީރީސްގެ އެންމެ ހިނގާ ފޯނުގެ އިތުރު މެމްބަރެއް އަބަދުވެސް ތައާރަފް ކުރަން އެކުންފުނިން ރާވާފައި އޮންނަ ކަމެވެ.
މޮޑެލް ނަންބަރު 22095RA98C ގެ މި ޑިވައިސް ޗައިނާ ޓެލެކޮމް އިން ދައްކާލާފައި ވަނީ ރެޑްމީ ނޯޓް 11އާރް ގެ ނަމުގައި ކަމަށްވާއިރު، އެ ފޯނުގެ ސްޕެކްސް ޝީޓެއް ވެސް ފެނިފައިވެއެވެ.
މި ފޯނުގައި ޑުއަލް ކެމެރާ އާއި އާދަޔާ ހިލާފު ހާޑްވެއާ ހުންނާނެކަން ޓެކްރިޕޯޓްތަކުން ވަނީ ކަށަވަރުވެފައެވެ. އެކަމަކު ހުރިހާ ގޮތަކުންވެސް މިއީ ޕޯކޯ އެމް4 5ޖީ އާއި ވަރަށް އެއްގޮތް ފޯނެއް ކަމަށް ވަނީ ކަށަވަރުވެފައެވެ.
ރެޑްމީ ނޯޓް 11އާރްގެ ހުރިހާ ސްޕެކްސް އެއް ޕޯކޯއާ އެއްގޮތް ކަމަށް ބުނާއިރު، ޑިވައިސްގެ ފަހަތުގައި މެއިން ކެމެރާގެ ގޮތުގައި 13އެމްޕީ އަދި 2އެމްޕީ ޑުއަލް ކެމެރާތަކާއި 5އެމްޕީ ސެލްފީ ޝޫޓަރެއް ވެސް ހިމެނެ އެވެ. މި ޚާއްޞަ ޝޫޓަރު ހުންނަނީ 6.58 އިންޗީގެ ސްކްރީނުގެ ވަށައިގެން ބިނާކޮށްފައިވާ ޚާއްޞަ ފަންކްޝަނެއްގެ ގޮތުގައެވެ. އަދި އޭގެ އިތުރުން ފިންގަޕްރިންޓް ސްކޭނަރު ވެސް ހުންނަނީ ފޯނުގެ އަރިމަތީ އެއްފަރާތުގައި ޕަވަރ ކީގައި އެމްބެޑް ކޮށްފައި ކަން ސްޕެކްސް ޝީޓުން އެނގެއެވެ.
މިފޯނުގެ ސްޓޯރޭޖް 128 ޖީބީ އާއި ހަމައަށް ހުރިއިރު، 8ޖީބީގެ ރެމެއް އެކުލެވިފައިވާނެއެވެ. ރެޑްމީ ނޯޓް 11 އާރު އާއި ޕޯކޯ އާއި އަޅާކިޔާއިރު މިއީ ލިބުނު ކުރިއެރުމެކެވެ. ޕޯކޯގައި ހުންނަނީ 4ޖީބީ އަދި 6ޖީބީގެ ވަރޝަން ތަކެވެ.
މި ފޯނުލޯންޗް ކުރާނެ ތާރީޚެއް އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވިޔަސް މިފޯނު ނެރޭނީ އެމްއައިޔޫއައި 13 އާއެކު ކަމަށް ބެލެވެއެވެ. އެހެންކަމުން އެފޯނުގެ ސޮފްޓްވެއާ އެޕެއަރެންސް ވަރަށް ބޮޑަށް އަޕްޑޭޓްވެފައި ވާތަން ފެންނާނެއެވެ.
މިފޯނުގެ ޗިޕްސެޓާއި ބެހޭގޮތުން ސްޕެކްސް ޝީޓްގައި އެއްޗެއް ބުނެފައި ނުވިޔަސް އެހެނިހެން ބައިތަކަށް ވިސްނާއިރު، މިފޯނުގެ ޗިޕްސެޓް، ޑައިމަންސިޓީ 700 އަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.