ސްމާޓް ފޯން އުފެއްދުމާއި، ޓެކްނޮލޮޖީގެ ވާދަވެރި ދުނިޔޭގައި ފައިތިލަ ސާބިތުކުރަމުން އަންނަ ދުވަސްވީ ޓެކް ކުންފުނި މޮޓޯރޯލާއިން ބެންޑެބަލް (އަތުކުރީގައި އޮޅައިލެވޭ) ފޯނެއް ދައްކާލައިފިއެވެ.
ލެނޯވޯގެ ސަބްސިޑަރީ ކުންފުނި މޮޓޯރޯލާއިން މި އާދަޔާޚިލާފު އުފެއްދުން ދައްކައިލީ 2023 ވަނަ އަހަރުގެ "ލެނޯވޯ ޓެކް ވޯލްޑް" އިވެންޓްގައެވެ. އެ ކުންފުނީގެ މި ހިތްގައިމު އެޑަޕްޓިވް ޑިސްޕްލޭ ކޮންސެޕްޓް ފޯނު ދައްކާލާފައިވާއިރު، އެ ފޯނުގައި ފުލް އެޗްޑީ އަދި ޕޮލެޑް ޑިސްޕްލޭއެއް ހިމަނާފެއެވެ.
މި ކޮންސެޕްޓްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ރިސްޓްބޭންޑެއް ނުވަތަ ސްމާޓްވޮޗެއް ފަދައިން އެކި ގޮތްގޮތަށް ލަންބާލައި އޮޅައިލެވޭ ކަމެވެ. އަދި، ތަފާތު ސްޓޭންޑް މޯޑްތަކުގައި މި ޑިވައިސް ބޭނުން ކުރެވޭއިރު، ބޭނުންވެއްޖެ ހިނދެއްގައި ފޯނުގައި އަތްނުލައި (ހޭންޑްސް ފްރީ މޯޑްގައި) ތަފާތު ބޭނުންތައް ފުއްދުމުގެ ޤާބިލްކަން އެ ޑިވައިސްއަށް ލިބިގެން ވެއެވެ.
ރީތިކޮށް ތެދަށް ނުލަންބާ ބާއްވާފައި އޮންނައިރު، (ފްލެޓް ޕޮޒިޝަންގައި) މި ފޯނުގައި 6.9 އިންޗީގެ ސްކްރީނެއް ހިމެނޭއިރު، ފުލް އެންޑްރޮއިޑް އެކްސްޕީރިއަންސެއް ހިމެނޭ ސްޓޭންޑަޑް ސްމާޓްފޯނެއް ފަދައިން މަސައްކަތް ކުރެއެވެ. އަދި، މި ޑިވައިސް ފަރުމާ ކޮށްފައިވަނީ ތަފާތު ޔޫސް ކޭސްތަކަށް 4.6 އިންޗީގެ ޑިސްޕްލޭއަކާ އެކު ސެލްފް ސްޓޭންޑިން ޕޮޒިޝަނަކަށް އެޑްޖަސްޓް ކުރެވޭ ގޮތަށެވެ. އަދި، މީގެ އިތުރުން މޮޓޯރޯލާ ރޭޒާ ޕްލަސްގެ ކަވާ ސްކްރީންގައި ވާ އެކްސްޓާނަލް ޑިސްޕްލޭގެ ހަނދާންތައް އާކޮށް، ސްމާޓް ބޭންޑެއް ނުވަތަ ސްމާޓްވޮޗް އެކްސްޕީރިއަންސެއް ލިބިގަތުމަށް ޓަކައި މި ޑިވައިސް އަތުގެ ވަށައިގެން އޮޅާލެވިދާނެއެވެ.
މި އުފެއްދުންތެރި ޑިވައިސް ފިހާރަތަކުން ޢާއްމުންނާއި ހަމައަށް ފޯރާނެ ދުވަހެއްގައި ތިބި ކަސްޓަމަރުންގެ ސުވާލުތަކަށް މޮޓޯރޯލާއިން އެއްޗެއް ބުނެފައި ނުވާއިރު، އެ ކުންފުނީގެ އުފެއްދުންތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ދަނީ އެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.
މޮބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ)ގައި މި އަހަރުގެ ކުރީކޮޅު ހުށަހަޅާފައިވާ ރޯލެބަލް ރިޒާ ކޮންސެޕްޓްގެ އިތުރުން ސްމާޓްފޯން ޑިޒައިންގެ ތަފާތު ކޮންސެޕްޓްތައް މޮޓޯރޯލާއިން އަންނަނީ ހޯދަމުންނެވެ. ވީވޯ، ޓްރާންސްޝަން ހޯލްޑިންގްސް އަދި ޓީސީއެލް ފަދަ އެހެން ޓެކް ބްރޭންޑްތަކުން ވެސް އަންނަނީ 2024 ވަނަ އަހަރު އަމިއްލަ އަށް ރޯލެބަލް ޑިސްޕްލޭ ފޯމް ފެކްޓާތައް ތައާރަފު ކުރަން ތައްޔާރުވަމުންނެވެ.
ޑިސްޕްލޭ އިނޮވޭޝަންގެ އިތުރުން މޮޓޯރޯލާއިން ވަނީ ފޯނު ޕާސަނަލައިޒް ކުރެވޭ ޖެނެރޭޓިވް އޭއައި ފީޗާތައް ވެސް ދައްކާލާފައެވެ. މި ކޮންސެޕްޓްގެ ސަބަބުން ޔޫޒަރުންގެ އައުޓްފިޓްތަކުގެ ފޮޓޯތައް އަޕްލޯޑްކޮށް ނުވަތަ ކެޕްޗާ ކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ މީހަކު ހިތްއެދޭ ސްޓައިލަކާ އެއްގޮތަށް އޭއައި ބޭސްޑް ފޮޓޯތައް އުފެއްދޭނެއެވެ. އަދި ޕީސީ އާއި ސްމާޓްފޯނަށް މޮޓޯއޭއައިގެ ނަމުގައި ޕާސަނަލް އެސިސްޓެންޓެއް ތަޢާރަފު ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން މޮޓޯރޯލާއިން އަންނަނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ޔޫޒަރުންގެ ޒާތީ މައުލޫމާތު ހިމާޔަތް ކުރުމުގެ މަގްސަދުގައި ބޭނުންކުރާ ޑޮކް ސްކޭނަރަކާއި، އޭއައި ޓެކްސްޓް ސަމްމަރައިޒޭޝަން ޓޫލަކާއި ޕްރައިވެސީ ކޮންޓެންޓް އޮބްފުސްކޭޝަން ކޮންސެޕްޓެއް ފަދަ އޭއައި ޑްރައިވިން ކެޕޭސިޓީތަކަށް ނުކުންނަމުންނެވެ.
ސްމާޓްފޯން ޓެކްނޮލޮޖީ އާއި ޕާސަނަލައިޒޭޝަންގެ ދާއިރާއިން ކުރިއަށް ދިއުމަށް މޮޓޯރޯލާއިން އަހައްމިއްޔަތުކަން ދޭމިންވަރު މި ކުރިއެރުންތަކުން ހާމަވެގެން ދެއެވެ.