އަންހެން ދަރިއަކު ލިބުމަކީ ލިބޭ ނަސީބެއް: ޝާހިދު

މިޝާ އާއި މީރާ: އަންހެން ދަރިއަކު ލިބުމަކީ އެންމެ ބޮޑު ނަސީބުކަމަށް ޝާހިދު ވަނީ ބުނެފައި---

އަންހެން ދަރިއަކު ލިބުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ ވަރަށް ބޮޑު ނަސީބަކާއި ފަހުރެއް ކަމަށް ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު އަދި ފިލްމް 'ޕަދްމާވަތީ'ގެ ލީޑް ރޯލުން ފެނިގެންދާ އެކްޓަރު ޝާހިދު ކަޕޫރު ބުނެފި އެވެ.

ޝާހިދު ބުނީ އޭނާ އަށް ލިބުނު އަންދަރިފުޅު މިޝާ އަކީ އޭނާ އަށް ލިބުނު އެންމެ ބޮޑު އެއް ނިއުމަތް ކަމަށެވެ.

"އަހަރެން އަބަދު ވެސް އަންހެން ކުއްޖެއް ބޭނުންވޭ. ބުނާތީ އަޑުއަހަން އަންހެން ކުދިން ލިބުމަކީ ނިއުމަތެއްކަމަށް. އެއީ ހަމަ ތެދެއް. އަންހެން ދަރިއަކު ބޮޑު ކުރުމަކީ ލިބޭ ނަސީބެއް. ބޭނުންވަނީ މިޝާ ވެސް ބޮޑުވެގެން ހަރުދަނާ މީހަކަށް ވާން. ރަނގަޅު ގޮތުގައި ދަރިފުޅު ބަލާނަން. ދަރިފުޅުގެ މުސްތަގްބަލް ވަރަަށް އުޖާލާ،" އޭނާ ބުންޏެވެ.

ޝާހިދު ކަޕޫރު އަދި އޭނާގެ އަންހެނުން މީރާ ރާޖްޕުތު ކައިވެނިކޮށްފައިވާ އިރު ޝާހިދު މީރާ އަށް ވުރެ 13 އަހަރު ބޮޑެވެ.

މީރާ ވިހާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 26 ވަނަ ދުވަހު އެވެ.

comment ކޮމެންޓް