އާސަންދަ ކުންފުނީގެ އެމްޑީ މަގާމުން ވަކިކޮށްފި

ހަސަން އަލީ --- ސަން ފޮޓޯ

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު "ސަން" އަށް ވިދާޅުވީ ހަސަން އަލީ މަގާމުން ވަކިކުރީ ސަރުކާރުން ބޭނުންވެގެން ކަމަށެވެ.

ހަސަން އަލީ އަށް އާސަންދަ ކުންފުނީގެ އެމްޑީކަން ދީފައި ވަނީ މިސަރުކާރުން އެންމެ ފުރަތަމަ އެކުންފުންޏަށް އައްޔަންކުރި އެމްޑީ މައުމޫން އަބްދުއްސަމަދު މަގާމުން ވަކިކުރުމަށްފަހުއެވެ. އޭނާ މަގާމުން ވަކިކުރީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ހަސަން އަލީ އަކީ މިސަރުކާރުގެ އެންމެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރުއެވެ. އެއަށްފަހު އޭނާ ބަދަލުކޮށްފައި ވަނީ ހައިސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ. އޭގެފަހުން ދެން އޭނާ ހަމަޖައްސާފައި ވަނީ ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށެވެ.

އާސަންދަ ކުންފުނީގެ އެމްޑީ ކަމަށް އައްޔަންކުރުމުގެ ކުރިން ހަސަން އަލީ ހުންނެވީ ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުގައެވެ.

comment ކޮމެންޓް