ފާރަގެމަ އަށް ބޭނުންވާ ތެކެތި ހޯދުމުގައި ފުލުހުން ގަވައިދާ ހިލޭފުވެފައިވޭ: އޮޑިޓް

ފާރަ ގެމައިގައި ބޭނުންކުރާ ކުއްތާތަކާ އެކު ބޭއްވި ޓްރެއިނިންގެ ޕްރޮގްރާމް ނިންމައި ކުއްތާ ބޭނުން ކުރާ ގޮތް ދައްކާލަނީ -- ސަން ފޮޓޯ -- ޔޫސުފް ސޮފްއާން

މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އެކުލަވާލި ފާރަގެމަ އަށް ބޭނުންވާ ތަކެތި ހޯދުމުގައި ކަރަޕްޝަން ހިމެނޭ ކަމަށް ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑި ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ އިރު ފުލުހުންނާ ގުޅޭ ގިނަ މައްސަލަތަކެއް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަން ބަލާއިރު ޖުމުލަ ތިން މިލިއަނެއްހާ ރުފިޔާ ގަވައިދާ ހިލާފަށް ފުލުހުން އެކި ކަންކަމަށް ހަރުދުކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ފާރަގެމަ ސްކޮޑް އެކުލަވާލުމަށް ފަހު އެ ހިދުމަތައް ބެނުންވާ ބައެއް ތަކެތި ހޯދުމުގައި ޖުމުލަ 1.3 މިލިއަން ރުފިޔާގެ ތަކެތި އިއުލާންނުކޮށް ފުލުހުން ހޯދާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގައި ފޮރެންސިކް ހިދުމަތް ފެށުމަށް 67787 ރުފިޔާ ވަނީ ގަވައިދާ ހިލާފަށް އިއުލާން ނުކޮށް ހަރަދުކޮށްފަ އެވެ. އަދި ހުޅުމީދޫ ޕޮލިސްޓޭޝަންގައި ހަދާފައިވާ އެކޮމަޑޭޝަން ބްލޮކް މަރާމާތު ކުރުމަށް ޖުމުލަ 33600 ރުފިޔާ އިއުލާން ނުކޮށް އަދި ކޮޓޭޝަން ވެސް ނުހޯދާ ވެސް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އިއުލާން ނުކޮށް އަދި ކޯޓޭޝަން ނުހޯދާ ބައެއް ހިދުމަތްތައް ފުލުހުން ހޯދި ކަމަށް ފަހަގަކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން ބައެއް ހަރަދުތައް ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީން ހާއްސަ ހުއްދައެއް ނަގައިގެންކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ބައެއް ހަރަދުތައްކޮށްފައި ވަނީ މާލިއްޔަތު ގާނޫނުގައިވާ ގޮތަށް ހާމަކަން ބޮޑު ގޮތަކަށް ކަމަށް ނުވާތީ އެކަން އިތުރަށް ދިރާސާކުރުމަށް އޮޑިޓް އޮފީހުން ވަނީ ހޯމް މިނިސްޓްރީއަށް އަންގައިފަ އެވެ.

comment ކޮމެންޓް