ބުރުޒު މަގުގައި އޮތް ކާރެއްގައި ރޯކޮށްލައިފި

ބުރުޒު މަގުގައި އޮތް ކާރެއްގައި މިރޭ ރޯ ކޮށްލާފައި -- ސަން ފޮޓޯ/ ރިޟުވާން

މާލޭ ބުރުޒު މަގުގައި އޮތް ކާރެއްގައި ރޯކޮށްލައިފިއެވެ.

ބުރުޒު މަގުން މާލޭ ހިޔާ ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލާފައިވަނީ މިރޭ 12:45 ހާއިރުއެވެ.

މަންޒަރު ދުށް "ސަން"ގެ ނޫސްވެރިއަކު ބުނީ ރޯކޮށްލީ އަޅި ކާރެއްގައި ކަމަށާއި އަލިފާން ނިއްވާލީ ފުލުހުން ކަމަށެވެ.

މި ހާދިސާގައި ރޯވި ކާރުގެ އިތުރުން އެ ކާރުގެ ކުރިމަތީގައި ޕާކްކޮށްފައި އޮތް ވޭނަކަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައެވެ.

ބުރުޒު މަގުގައި އޮތް ކާރުގައި އަލިފާން ރޯކޮށްލި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

މިހާރު އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް