ހޮޓެލިއާ މޯލްޑިވްސްގެ "ރެވެނިއު މެނޭޖްމެންޓްް ކޮންސެޕްޓް" ވޯކްޝޮޕް ނިންމާލައިފި

ވޯކްޝޮޕްގެ ބައިވެރިން -- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ހޮޓެލިއާ މޯލްޑިވްސްގެ ދެވަނަ ރެވެނިއު މެނޭޖްމެންޓް ކޮންސެޕްޓް ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެން ދިޔަ މި ވޯކްޝޮޕްގައި ހޮސްޕިޓަލިޓީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

މިފަދަ ވޯކްޝޮޕްތައް ކޮންމެ އަހަރަކު ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އަންނަ އަހަރުން ފެށިގެން ބާއްވާ ވޯކްޝޮޕަކީ މިއަހަރަށް ވުރެ "އެޑްވާންސް" ވޯކްޝޮޕަކަށް ވާނެ ކަމަށް ހޮޓެލިއާ މޯލްޑިވްސްގެ ޕަބްލިޝާ ޕާސްޕެކްޓިވް ޕްރައިވެޓް ލިމިޓެޑުން ބުނެ އެވެ.

ވޯކްޝޮޕްގެ ފެސިލިޓޭޓަރަކީ ސިންގަޕޫރުގެ ކަމާބެހޭ މާހިރެއް ކަމަށްވާ ޓްރޭސީ ޑޮންގް އެވެ.

އަންނަ އަހަރުގެ ވޯކްޝޮޕް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާއިރު ވޯކްޝޮޕަކީ ރެވެނިއު ޑިރެކްޓަރުންނާ މެނޭޖަރުންނަށް އަމާޒު ކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

އެ ވޯކްޝޮޕްގައި ރެވެނިއު މެނޭޖްމެންޓްގެ އިތުރުން މާކެޓް ޓެކްޓިކްސްގެ ބައިތައް ވެސް ވަނީ ކިޔަވައިދީފަ އެވެ.

ވޯކްޝޮޕްގައި ބައިވެރިވި ރީތި ބީޗްގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ ވޯކްޝޮޕުން ޝައުގުވެރި ގިނަ މައުލޫމާތުތައް ލިބުނު ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ހޮޓާތަކުގެ ޖެނެރަލް މެނޭޖަރުންނާއި ރެވެނިއު މެނޭޖަރުން އަދި ރިސޯޓު މެނޭޖަރުންގެ އިތުރުން ފައިނޭންޝަލް ކޮންޓްރޯލަރުންނާއި އެކައުންޓެންޓުން އަދި މާކެޓިން މެނޭޖަރުންނާއި ރިޒަވޭޝަން މެނޭޖަރުން އެ ވޯކްޝޮޕްގައި ބައިވެރިވި އެވެ.

comment ކޮމެންޓް