ސްޓާބަކްސްގެ އެންމެ ބޮޑު އައުޓްލެޓް ޗައިނާގެ ޝަންހާއީގައި

ޝަންހާއީގައި ހުޅުވި ސްޓާބަކްސްގެ އާ އައުޓްލެޓު

ކޮފީއަށް ލޯބިކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ފްރެންޗައިޒް ސްޓާބަކްސް އިން އެ ކުންފުނީގެ އެންމެބޮޑު އައުޓްލެޓް ޗައިނާގެ ޝަންހާއީގައި ހުޅުވައިފިއެވެ.

ހަތަރު ސަތޭކައަށްވުރެ ގިނަ މުވައްޒަފުންނާއެކު ހުޅުވި މި އައުޓްލެޓްގައި އެއްފަހަރާ 550 މީހުންނަށް ހިދުމަތް ދެވޭނެއެވެ. ސްޓާބަކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާ އަކީ އެކުންފުންޏަށް މުހިއްމު މާކެޓެއް ކަމަށެވެ. ޗައިނާގެ 360 ސިޓީގައި 3000 އައުޓްލެޓް ހުރި އިރު ހަމައެކަނި ޝަންހާއީގައި ވެސް 600 އައުޓްލެޓް އެބަހުއްޓެވެ.

ޝަންހާއީގައި ހުޅުވި ސްޓާބަކްސްގެ އާ އައުޓްލެޓު

ޝަންހާއީގައި ހުޅުވި ސްޓާބަކްސްގެ އާ އައުޓްލެޓުން ޑިޖިޓަލް ޑިވައިސްތައް ބޭނުންކޮށްގެން ކޮފީ ރޯސްޓްކުރާ މަންޒަރު ކަސްޓަމަރުންނަށް ބަލާލެވޭނެއެވެ. ތްރީޑީ ޕްރިންޓެޑް ބާއެއްގެ ކައިރީ ތިބެ ކޮފީއާއި ސައި ބުއިމުގެ ފުރުސަތު މި އައުޓްލެޓުން ލިބޭނެއެވެ.

ޗައިނާގައި އަލަށް ހުޅުވި ސްޓާބަކްސްގެ މި އައުޓްލެޓުން އަގުބޮޑު ފޭސްޓްރީ ތަކާ ކޮފީ އަދި ބުއިންތައް ލިބޭނެއެވެ.

comment ކޮމެންޓް