ފޭސްބުކު މެސެންޖާގައި މައްސަލަތަކެއް ދިމާވާން ފަށައިފި

ފޭސްބުކް މެސެންޖާ ޑައުންވެއްޖެ --

ދުނިޔޭގެ އެންމެ ގިނަބަޔަކު ބޭނުންކުރާ އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފެސްބުކް މެސެންޖާ ބޭނުން ކުރުމުގައި މައްސަލަތަކެއް ދިމާވާން ފަށައިފިއެވެ.

ފޭސްބުކްގެ މެސެންޖާ ބޭނުން ކުރުމުގައި މައްސަލަ ދިމާވާން ފަށާފައިވާކަން ފާހަގަ ކުރެވިފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ. މެސެންޖާ ބޭނުން ކުރުމުގައި އެންމެ ބޮޑަށް މައްސަލަ ދިމާވާކަމަށް ފާހަގަ ކުރެވިފައިވަނީ އިނގިރޭސިވިލާތާއި ޔޫރަޕްގެ ހިސާބުތަކަށްކަމަށް ރިޕޯޓުތައް ބުނެއެވެ.

މެސެންޖާ ބޭނުން ކުރުމުގައި ދަތިތައް ދިމާވާން މެދުވެރިވި ސަބަބު އަދި އެނގިފައިނުވެއެވެ. އެކަމާ ގުޅޭގޮތުން ފޭސްބުކް އަދި މެސެންޖާއިންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިއީ މެސެންޖާ ބޭނުން ކުރުމުގައި މި ހަފްތާގައި މައްސަލަ ދިމާވި ދެވަނަ ފަހަރެވެ. ސެޕްޓެންބަރު މަހު އެޕަލްގެ ފޯނުތަކަށް އައި އަޕްޑޭޓްގެ ސަބަބުންވެސް ގިނަ ބަޔަކަށް މެސެންޖާ ބޭނުންކުރުމުގައި ދަތިތައް ކުރިމަތިވެފައިވާކަމުގެ ޝަކުވާތައް ވަނީ އެހެން ސޯޝަލް މީޑިއާތަކުގެ ޒަރީއާއިން ކޮށްފައެވެ. އަދި މީގެ ކުރިން އެ މައްސަލަ ދިމާވީތީ ފޭސްބުކްއިން ވަނީ އާންމުންގެ ފަރާތުން މާފައްވެސް އެދިފައެވެ.

comment ކޮމެންޓް