އަނެއްކާ ވެސް ފޭސްބުކްއާއި އިންސްޓަގްރާމް ޑައުންވެއްޖެ

--

މެޓާއިން ހިންގާ ފޭސްބުކްއާއި އިންސްޓަގްރާމް އަނެއްކާވެސް މިއަދު ޑައުންވެއްޖެއެވެ.

މިކަމާ ގުޅިގެން މެއިލް އޮންލައިންއިން ބުނެފައިވަނީ ގޮތުގައި އީޓީ ގަޑިން ހެނދުނު 10:30 ހާއިރު ޔޫއެސްއަށާއި ޔޫރޮޕްގެ އިތުރުން އެހެނިހެން ގައުމުތަކަށް އިންސްޓަގްރާމާއި ފޭސްބުކްގައި މައްސަލަތަކެއް ދިމާވެގެން އެ ކަން ވަނީ ފާހަގަކޮށްފައެވެ.

ފޭސްބުކަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން، މީހުން އެކައުންޓުތަކުން ދަނީ އޮޓޮމެޓިކްކޮށް ލޮގްއައުޓް ވަމުންކަމަށާއި އެކައުންޓަށް އަލުން ވަންނަން މަސައްކަތް ކުރި ނަމަވެސް އެކައުންޓަށް ނުވަދެވޭ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް ފީޑް ރިޕްރެޝް ނުކުރެވޭ ކަމަށާއި ސްޓޯރީއާއި ކޮމެންޓުތައް ލޯޑުނުވާކަމަށް ބައެއް މީހުން ރިޕޯޓްކުރާކަމަށް އެ ނޫހުގައިވެއެވެ.

އެ ނޫހުން ބުނާ ގޮތުން މެސެންޖާ ބޭނުންކުރާ ފަރާތްތަކަށް މެސެޖް ފޮނުވުނަށް އެ މެސެޖް ރިސީވްނުވާކަމަށް ބުނެ މީހުން އެކްސްގައި އަންނަނީ ކޮމަންޓުކުރަމުންނެވެ.

ފޭސްބުކްގެ އެތެރޭގެ މަސްދަރަކުން ޑެއިލީ ޑޮޓްކޮމްއަށް ބުނެފައިވާ ގޮތުގައި ބުނި ގޮތުގައި މި މައްސަލަ ދިމާވީ ކަރަންޓު ކެނޑުމުން ކަމަށެވެ.

މީގެ ދެ ހަފުތާ ކުރިން ވެސް މި މައްސަލަ ދިމާވިއެވެ.

comment ކޮމެންޓް