އެމްއީސީސީގައި ބޭސިކް އަދި އެޑްވާންސް ކޭކް ޑެކަރޭޝަން ކޯހެއް ހިންގައިފި

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ޚާއްސަކޮށްގެން، ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ހިންގި ބޭސިކް އަދި އެޑްވާންސް ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކޮށް 48 ފަރާތަކުން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައި-- ފޮޓޯ: އެމްއީސީސީ

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ޚާއްސަކޮށްގެން، ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ހިންގި ބޭސިކް އަދި އެޑްވާންސް ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކޮށް 48 ބައިވެރިއަކު ސެޓްފިކެޓް ހާސިލްކޮށްފިއެވެ.

ލަންކާގައި ހުންނަ ސޯސަން ވިލާގައި، ދިވެހި ހައިކޮމިޝަންގެ ފަރާތުން ހިންގާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ގައި މިދިޔަ ނޮވެމްބަރު މަހުގެ 27 ން ޑިސެމްބަރު ހަތަރަކަށް ކުރިއަށް ގެންދިޔަ އެޑްވާންސް އަދި ބޭސިކް ކޭކް ޑެކަރޭޝަން ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުން އޮތީ މިއަދު ހަވީރު 4:00ގައި އެމްއީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ކޯސް ފުރިހަމަކުރި 48 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މުސްލިމާ އަބްދުލް ގައްޔޫމެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި، ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙަންމަދު ޙުސައިން ޝަރީފްވެސް ބައިވެރިވެވަޑައިގަތެވެ.

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ޚާއްސަކޮށްގެން، ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ހިންގި ބޭސިކް އަދި އެޑްވާންސް ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކޮށް 48 ފަރާތަކުން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައި-- ފޮޓޯ: އެމްއީސީސީ

އެ ރަސްމިއްޔާތުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ފަންނީ ކޯހެއް ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ހިންގުމުގައި އެހީތެރިވެ ދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދެންނެވިއެވެ. މިގޮތުން، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްއަށާއި އެ މިނިސްޓްރީގެ ވެރީންނަށް ސަފީރު ވަނީ ޝުކުރުއަދާކުރައްވައިފައެވެ. މީގެ އިތުރުން ކޯސް ހިންގަވައިދެއްވާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން، އެއްވެސް އަގަކާ ނުލައި މިކޯސް ހިންގަވައިދެއްވިކަމަށްޓަކައި "ކޭކް ބައި މުނާ"ގެ ފަރާތުން މައިމޫނާ އަށާއި ފާތިމަތު ޞަބީޙާގެ ނަން ސަފީރު ފާހަގަކުރެއްވިއެވެ.

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ޚާއްސަކޮށްގެން، ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ހިންގި ބޭސިކް އަދި އެޑްވާންސް ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކޮށް 48 ފަރާތަކުން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައި-- ފޮޓޯ: އެމްއީސީސީ

ސަފީރު ވިދާޅުވީ، ކުރިއަށް އޮތްތާނގައިވެސް، ގިނަ އަދަދެއްގެ ފަންނީ ކޯސްތައް އެމްއީސީސީގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، އަންނަ އަހަރު ފެށޭ ހިސާބުގައި ކުކަރީ ކޯހަކާއި މޭކްއަޕް ކޯހަކާއި ފެހުން އަދި މާޖެހުންފަދަ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ސަފީރު، މުޙަންމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ މީޑިއާ އޮފިޝަލް ހުސައިން މާޒިން ސަންއަށް ވިދާޅުވީ، މިފަހަރުގެ ކޭކު ޑެކަރޭޝަން ކޯހުގައި ޖުމްލަ 53 ފަރާތަކުން ބައިވެރިވި ކަމަށެވެ. އަދި މި ކޯސްތަކުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނަގާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"7 ދުވަހުގެ މުއްދަތައް ހިންގި މިކޯސް ކުރިއަށް ގެންދިޔައީ 2 ސެޝަނަކަށް ބަހާލައިގެން. މިގޮތުން ފުރަތަމަ ސެޝަން ބޭއްވީ ހެނދުނު 9 އިން މެންދުރު 12 އަށް. އަދި ދެވަނަ ސެޝަން ބޭއްވީ މެންދުރުފަހު 2 އިން ހަވީރު 5އަށް،" ކޯސްތައް ކުރިއަށް ގެންދެވި ގޮތުގެ މައުލޫމާތު ހިއްސާކުރަމުން މާޒިން ވިދާޅުވިއެވެ.

comment ކޮމެންޓް