ޕާސްޕެކްޓިވް ޕްރައިވެޓް ލިމިޓެޑުން ސަޕްލަޔާ ޑައިރެކްޓަރީއެއް ތައާރަފުކޮށްފި

ޕަރސްޕެކްޓިވްގެ އެޑްވަޓަރިޒަރުންނާއި ޕާޓްނަރުންނާއިއެކު ސިޓީ ގާޑްން ރެސްޓޯރެންޓްގައި ބޭއްވި ޚާއްޞަ ހަފްލާގެ ތެރެއިން--

ފަތުރުވެރިކަމުގެ ދާއިރާގައި ނެރެމުން އަންނަ ހޮޓެލިއާ މޯލްޑިވްސް މަޖައްލާ ނެރެމުން އަންނަ ޕަރސްޕެކްޓިވް ޕްރައިވެޓް ލިމިޓެޑުން ސަޕްލަޔާ ޑައިރެކްޓަރީގެ ނަމުގައި މުޅިން އައު ހިދުމަތެއް ތައާރަފު ކޮށްފިއެވެ.

އެ ހިދުމަތް ތައާރަފް ކޮށްފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުގެ ރޭ ޕަރސްޕެކްޓިވްގެ އެޑްވަޓަރިޒަރުންނާއި ޕާޓްނަރުންނާއިއެކު ސިޓީ ގާޑްން ރެސްޓޯރެންޓްގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ.

ޕަރސްޕެކްޓިވް ޕްރައިވެޓް ލިމިޓެޑުން ބުނީ ސަޕްލަޔަރ ޑައިރެކްޓަރީ އަކީ ހުރިހާ ރިސޯޓަކަށް ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެއްޗެއް ކަމަށެވެ. އަދި، އެ ޑައިރެކްޓަރީގައި ކުންފުނިތައް ލިސްޓު ކުރުމުގެ ޚިދުމަތްވެސް ހުޅުވާލާފައިވަނީ އެއްވެސް އަގަކާއި ނުލައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ޑައިރެކްޓަރީ އަކީ ، ރިސޯޓް އަދި ހޮޓާތަކަށް ބޭ ނުންވާ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ހުރިހާ މައުލޫމާތެއް އެއް ތަނަކުން ހޯދުމަށް މަގުފަހިކޮށްދޭނެ ވަރަށް މުހިއްމު ވަސީލަތެކެވެ. އެ ހިދުމަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށް ޕާސްޕެކްޓިވް އިން ބުންޏެވެ.

ޕަރސްޕެކްޓިވް ލިމިޓެޑްގެ ހެޑް އޮފް އޮޕަރޭޝަންސް އައިމިނަތު ޢަލީ ވިދާޅުވީ، ރިސޯޓް ހޮޓާތަކާއި ފަރުތުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތައް ގުޅުވައިދިނުމަށް ޚާއްޞަ ވަސީލަތެއް ނެތުމުގެ ސަބަބުން އެ ފަރާތްތަކަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވަމުންދާ ކަމަށެވެ. އަދި އަލައް ތައާރަފް ކުރެވުނު އެ ޑައިރެކްޓަރީގެ ސަބަބުން އެކަމަށް ހައްލު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް