މާޒިޔާ ބަލިކޮށް، ޕޮލިހުން ފެށުން ރަނގަޅުކޮށްފި

ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިހާއި މާޒިޔާ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޕޮލިހުގެ ޖަގްދަތަރް ސިންގް(ކ) --- ފޮޓޯ/ ވީއޭއެމް

ސީ ލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، ޕޮލިސް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި މާޒިޔާ އަތުން ޕޮލިސް ކްލަބު މޮޅުވެފައި ވަނީ ސީދާ ތިން ސެޓުންނެވެ.

ރޭ ކުޅުނު މެޗުގައި ޕޮލިސް ކްލަބުން ސެޓުތައް ގެންގޮސްފައި ވަނީ 26-24، 30-28 އަދި 25-15 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޕޮލިހުގެ ޖަގްދަތަރް ސިންގް އެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ކުރިއަށްދާނެ އެވެ. ފިރިހެން ޑިވިޝަނުގައި ފަސް ޓީމެއް ވާދަކުރާ އިރު، އަންހެން ޑިވިޝަނުގައި ވާދަކުރަނީ ތިން ޓީމެކެވެ.

ލީގުގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)، ސީ ލައިފް ސްޕޯޓްސް ކްލަބު، ޕޮލިސް ކްލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

ލީގުގެ އަންހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކަކީ މިސްކިތްމަގު އެންމެންގެ ގުޅުން، ޕޮލިސް ކްލަބު އަދި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

comment ކޮމެންޓް