"ކްލޯޒް ފްރެންޑްސް"ގެ ނަމުގައި އިންސްޓަގްރާމް އިން އާ ފީޗާއެއް ތައާރަފް ކުރަނީ

އިންސްޓަގްރާމް އެޕްލިކޭޝަން ----

މަގުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަން "އިންސްޓަގްރާމް" އިން އަނެއްކާ ވެސް އާ ފީޗާތަކެއް ތައާރަފް ކުރުމަށް ޓަކައި އެ ފީޗާތައް ޓެސްޓް ކުރަން ފަށައިފި އެވެ.

އެގޮތުން "ކްލޯޒްފްރެންޑްސް"ގެ ނަމުގައި ފީޗާއެއް ތައާރަފްކުރަން އިންސްޓަގްރާމް އިން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އެކައުންޓްތަކަށް ފޮލޯ ކުރާ ފަދައިން، ވަކި ހޭޝްޓެގްތަކަށް ފޮލޯ ކުރެވޭ ގޮތަށް ހެދުމަށާއި، "ޖިފް" ސާޗްކުރެވޭނެ ފީޗާއެއް ތައާރަފްކުރަން ވެސް އިންސްޓަގްރާމް އިން ވަނީ ނިންމައިފަ އެވެ.

"ކްލޯޒް ފްރެންޑްސް" ފީޗާއާ އެކު އެމީހަކު ބޭނުން ބަޔަކަށް އެކަނި ފެންނަ ގޮތަށް އެ މީހުންގެ މެދުގައި ފޮޓޯ ޝެއާ ކުރެވޭނެ އެވެ. މިއީ އިންސްޓަގްރާމް އިން މިއަހަރު ތައާރަފްކުރި "ފޭވަރިޓްސް" ފީޗާއަށް އިތުރު ކުރި ބައެއް ކަމަށް ބެލެވެ އެވެ.

ރީގްރާމް ފީޗާ. މި ފީޗާ އާއި ގުޅޭ އިތުރު ތަފްސީލު އިންސްޓަގްރާމް އިން އަދި ހާމައެއް ނުކުރޭ --- ފޮޓޯ: ޓްވިޓާ

މީގެ އިތުރުން އިންސްޓަގްރާމް ސްޓޯރީސްތައް އާކައިވް ކުރެވޭ ފީޗާއެއް ވެސް ތައާރަފް ކުރަން ވަނީ ނިންމައިފަ އެވެ. "ރީގްރާމް"ގެ ނަމުގައި ވެސް ފީޗާއެއް ތައާރަފްކޮށް މިހާރު ވަނީ ޓެސްޓް ކުރަން ފަށައިފަ އެވެ. ނަމަވެސް މި ފީޗާއާ ގުޅޭ އިތުރު ތަފްސީލު އިންސްޓަގްރާމް އިން އަދި ހާމައެއް ނުކުރެ އެވެ.

މި ފީޗާތައް ރަސްމީކޮށް އެޕްލިކޭޝަންގައި ހިމަނާނީ، ޓެސްޓްތަކަށް ފަހު އެ ފީޗާތައް ކަމުދާނަމަ އެވެ.

comment ކޮމެންޓް