ސީ ކެޑޭޓުންނަށް ހާއްސަ ކަނޑުމަތީގެ ޓްރެއިނިންއެއް ފަށައިފި

ސީ ކެޑޭޓުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކަނޑުމަތީގެ ތަމްރީން -- ފޮޓޯ :އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ)ގެ ސީ ކެޑޭޓުންނަށް ހާއްސަ ކަނޑުމަތީގެ ތަމްރީނެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި ރާއްޖޭގެ އެކި ސްކޫލްތަކުން 19 ސީ ކެޑޭޓުން ބައިވެރިވެ އެވެ.

މި ތަމްރީނުގައި ޝިޕް ބޯޑިންގް އާއި ބޭސިކް ނެވިގޭޝަން، ސީމަންޝިޕް، ޝިޕް ބޯޑް ޑްރިލްސް، ފަޔާ ފައިޓިންގް، އަދި ޝިޕްގެ މައިގަނޑު ބައިތައް ކިޔަވައިދޭނެ ކަމަށް އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ މުދައްރިބުންނެވެ.

comment ކޮމެންޓް