ލީޑިން ވެލްނެސް އެންޑް ސްޕާ އެވޯޑު ސަން ސިޔާމް އިރުފުއްޓަށް ލިބިއްޖެ

އަދާރަން ސެލެކްޓް ހުދުރަންފުށީގައި ކުރިއަށްދިޔަ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ 2017 ގެ ލީޑިން ވެލްނެސް އެންޑް ސްޕާ އެވޯޑު ސަން ޝިޔާމް އިރުފުއްޓަށް ދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު "މޯލްޑިވްސް ޓްރެވަލް އެވޯޑު" ގެ ލީޑީން ވެލްނެސް އެންޑް ސްޕާ އެވޯޑު ސަން ސިޔާމް އިރުފުށި ރިސޯޓުން ހޯދައިފިއެވެ.

އަދާރަން ސެލެކްޓް ހުދުރަންފުށީގައި ރޭ ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ އެންޑް އެވޯޑް ހަފްލާގައި ސަން ސިޔާމް އިރުފުއްޓަށް އެވޯޑު ހަވާލު ކޮށްދެއްވީ ޕެސެފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަންގެ ޑިރެކްޓަރު ހަލޯނާ ޕަޑިއަޗީ އެވެ.

ލީޑިން ވެލްނެސް އެންޑް ސްޕާ އެވޯޑު އެ ރިސޯޓުން ކާމިޔާބުކޮށްފައިވަނީ އިތުރު ހަތް ރިސޯޓަކާ ވާދަކޮށްގެންނެވެ.

ސަން ސިޔާމް އިރުފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ތަމްހީދު ވިދާޅުވީ، އެ އެވޯޑު ލިބުން އެއީ ރިސޯޓަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަދާރަން ސެލެކްޓް ހުދުރަންފުށީގައި ކުރިއަށްދިޔަ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގާލާ 2017 ގެ ލީޑިން ވެލްނެސް އެންޑް ސްޕާ އެވޯޑު ސަން ޝިޔާމް އިރުފުއްޓަށް ދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ތަމްހީދު ވިދާޅުވީ، ރިސޯޓުގެ ސްޕާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ބޭރުގެ ތަޖުރިބާކާރު މީހުންގެނެސްގެން ފުރިހަމަ ތަމްރީނާއެކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެއް ކަމަށެވެ.

ހުރިހާ ބާވަތެއްގެ ޓްރީޓްމަންޓަކާ އެކީ ފްރާންސްގެ "ތަލް ގޯ" ބްރޭންޑާ ގުޅިގެން ޚިދުމަތް ދެމުން އަންނަ އެ ސްޕާގައި ބޭނުންކުރަނީ އެ ބްރޭންޑްގެ އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައްކަމަށް އޭނާ ވިދާޅުވިއެވެ.

ސަން ސިޔާމް އިރުފުށި ރިސޯޓް ސްޕާއަކީ މިދިޔަ އަހަރުގެ ވޯލްޑް ލަގްޒަރީ ރިސޯޓް ސްޕާ ގެ އެވޯޑުވެސް ހާސިލް ކޮށްފައިވާ އަދި މިއަހުރުގެވެސް އެ އެވޯޑަށް ނޮމިނޭޓްވެފައިވާ ލަގްޒަރީ ސްޕާ އެކެވެ.

comment ކޮމެންޓް