ރަސްމީ ސިޓީތަކާ ލިޔުންތަކުގައި ޖުމްހޫރީ 50 ލޯގޯ ބޭނުން ކުރަން އަންގައިފި

ޖުމްހޫރީ 50 ގެ ލޯގޯ---

ރަސްމީ ލިޔެކިޔުންތަކާއި ސިޓީ ތަކުގައި ޖުމްހޫރީ 50 ގެ ލޯގޯ ބޭނުން ކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަމަޖައްސައިފިއެވެ.

އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި، ޖުމްހޫރީ ފަންސާހުގެ ލޯގޯ ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭނީ އަންނަ އަހަރުއެވެ. ޖުމްހޫރީ 50 ފާހަގަ ކުރުމަށް ކުލަ ގަދަ ހަރަކާތްތަކެއް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

ޖުމްހޫރީ 50 ގެ ލޯގޯ އާއި ހާއްސަ ލަވަ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވަނީ އިފްތިތާހުކޮށްފައެވެ.

comment ކޮމެންޓް