ހެނބަދޫ އަތުން ބަލިވެ، ކުޑަފަރީއަށް ގޯސް ފެށުމެއް

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހަތަރު ވަނަ މެޗުގައި ހެނބަދުއާއި ކުޑަފަރި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ހެނބަދޫ --

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހަތަރު ވަނަ މެޗުގައި ހެނބަދޫ އަތުން ކުޑަފަރީ ބަލިވެއްޖެ އެވެ.

ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ދޭއްގެ މެޗު ހެންބަދޫ އިން ކާމިޔާބު ކޮށްފައި ވަނީ 1-2 ގެ ނަތީޖާ އަކުންނެވެ. ކުޑަފަރީ އަކީ ފާއިތުވެދިޔަ ތިން މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ޓީމެކެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހަތަރު ވަނަ މެޗުގައި ހެނބަދުއާއި ކުޑަފަރި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ހެނބަދޫ --

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ހެނބަދޫ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހިމް ރަމީޒެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޑަފަރީން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ މުހައްމަދު ފައިސަލެވެ.

ދެ ވަނަ ހާފުގައި ދެ ޓީމުން ވެސް މެޗުން މޮޅުވާން މަސައްކަތް ކޮށްފައިވާ އިރު، މެޗުން ހެނބަދޫ މޮޅުވި ލަނޑު 82 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ވަހީދެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހަތަރު ވަނަ މެޗުގައި ހެނބަދުއާއި ކުޑަފަރި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ހެނބަދޫ --

މުބާރާތުގައި މިހާތަނަށް ޖުމްލަ ހަތަރު މެޗު ވަނީ ކުޅެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ލަންދޫ އިން ވަނީ އެންމެ ފަހުގެ ރަނަރަޕް ކެނދިކުޅުދޫގެ މައްޗަށް 0-1 އިން ކުރި ހޯދައިފަ އެވެ. މުބާރާތުގެ ދެ ވަނަ މެޗުގައި މާފަރާއި މިލަދޫ ބައްދަލުކުރި މެޗު 2-4 އިން ކާމިޔާބުކުރީ މިލަދޫ އެވެ. އަދި ތިން ވަނަ މެޗުގައި އިއްޔެ މަނަދޫ ވަނީ މަގޫދޫގެ މައްޗަށް 0-1 އިން ކުރި ހޯދައިފަ އެވެ.

އެ މުބާރާތުގައި މާދަމާ ހަވީރު ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު ކުޅޭ ގްރޫޕް ތިނެއްގެ މެޗުގައި ބައްދަލުކުރާނީ ވެލިދުއާއި ޅޮހީ ޓީމެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހަތަރު ވަނަ މެޗުގައި ހެނބަދުއާއި ކުޑަފަރި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ހެނބަދޫ --

މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.

  • ގްރޫޕް އެކެއް: ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.
  • ގްރޫޕް ދޭއް: މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
  • ގްރޫޕް ތިނެއް: ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

comment ކޮމެންޓް