މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކު ޒަޚަމްވެެއްޖެ

އެކްސިޑެންޓުގައި ޒަޚަމްވި މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެނީ --- ފޮޓޯ: ކިޔުންތެރިއެއް

މާލޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކު ޒަޚަމްވެއްޖެއެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ ދަންވަރު 2:05 ހާއިރު މާލޭގެ ތާރުއެޅި މަގުން ކަޅުތުއްކަލާ ކޮށި މެރީ ބްރައުންއާވީ ހިސާބުގައެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ: މުހައްމަދު ސަމާހު

އައިޖީއެމްއެޗުގައި ހުރި "ސަން" ގެ ނޫސްވެރިޔާ މުހައްމަދު ސަމާހު ބުނީ ދެ ކާރެއްގައި ހަތަރު މީހަކު އެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށެވެ. އެ ހަތަރު މީހުންނަށް ވެސް މިހާރު އަންނަނީ އެ ހޮސްޕިޓަލުން ފަރުވާދެމުންނެވެ.

ފަރުވާދެނުންދާ މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ.

"އެމީހުންގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ. ގައިގެ އެކި ތަންތަނަށް ކުދިކުދި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް މިހާތަނަށް މައުލޫމާތު ލިބެނީ،" އައިޖީއެމްއެޗުގައި ހުރި ސަންގެ ނޫސްވެރިޔާ ސަމާހު ބުންޏެވެ.

އެކްސިޑެންޓުގައި ޒަޚަމްވި މީހެއްގެ ފައިވާން ކިބައެއް --- ސަން ފޮޓޯ: މުހައްމަދު ސަމާހު

މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިންގޮތުގައި ސައިކަލް ދުއްވި ބައެއް މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެއެވެ.

އެ ހާދިސާގައި ހަތަރު ސައިކަލަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ސައިކަލްތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

comment ކޮމެންޓް