ޒުވާނުންގެ ދުވަހާ ދިމާކޮށް ހަައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ބްލެކް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ހުކުރު ދުވަހު ބޭއްވުމަށް ނިންމި "ޔޫފެސްޓް" އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފި އެވެ.
"ޔޫ ފެސްޓް"އަކީ މިހާތަނަށް ޒުވާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަހާސަމާ ނުވަތަ ފެސްޓިވަލަށް ވާނެއެވެ.
އެޗްޑީސީއާ ބްލެކް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ބާއްވާ މި ހަރަކާތް ހުޅުމާލޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެ އެވެ. ހުރިހާ ޒުވާނުންނަށް ވެސް އެ ފެސްޓިވަލަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ފެސްޓިވަލް އިންތިޒަމު ކުރުމުގައި ހަރަކާތްތެރިވާ ބްލެކް ޕްރައިވެޓް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖާ މާކެޓިން އެންޑް ޕީއާރް އަލީ ޖިނާހު "ސަން" އަށް ވިދާޅުވީ ޔޫ ފެސްޓް ބާއްވާ ދުވަސް ލަސްވި ނަމަވެސް ފެސްޓިވަލްގެ އެއްވެސް ހަރަކާތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
This just in!#YouFest17 has been postponed to this Sunday 19th November 2017.
— YouFest (@YouFestMv) November 15, 2017
It's not you, it's the weather.
See you there. Different day, same location. pic.twitter.com/M0Rt7FgyEM
ގިނަ ހަރަކާތްތަކެއް އޮންނާނެ
ހުކުރު ދުވަހުގެ ފެސްޓިވަލުގައި ޒުވާނުންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ "ތީމްޕާކް" އެއްގެ އިހްސާސް ކުރެވޭނެ ގޮތަކަށެވެ.
ފެސްޓިވަލްގެ ތެރޭގައި ޔޯގާ، ބައިކް ރައިޑް، ވޯޓާ ސްޕޯޓްސް، ސްކެވެންޖާ ހަންޓް، އޮބްސްޓެކްސްލް، ކޭމާޓް ރޭސް އަދި މިއުޒިކް ޝޯ ފަދަ ހަރަކާތްތައް ހިމެނެ އެވެ. މީގެ އިތުރުން ހަވީރު ގަޑީގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ދާނެއެވެ.
މި ހަރަކާތްތަކުގއި ބައިވެރިވުމަށް ޕްރީ ރަޖިސްޓާ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. https://youfest.mv/ މެދުވެރިކޮށް އޮންލައިންކޮށް ވެސް މިހާރު ރަޖިސްޓްރީ ކުރެވެނެއެވެ.
ޔޫ ފެސްޓްގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު އެކި ވައްތަރުގެ ކާބޯތަކެތި ލިބޭނެ ފުޑް ކޯޓުތައް ވެސް ހުންނާނެއެވެ. ލައިވް މިއުޒިކް ކުރިއަށްދާއިރު ރާއްޖޭގެ އާޓިސްޓުންނާ ބޭރުގެ އާޓިސްޓުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެއެވެ. އޭގެ ތެރޭ ޝަލަބީ، މީރާ، އީކުއޭޓިކް ވައިބް، ދި ޓިއުން ފަދަ ބޭންޑްތައް ފެނިގެންދާނެއެވެ. ބޭރުގެ އާޓިސްޓެއްގެ ގޮތުގައި ފެނިގެންދާނީ ފިލިޕީންސްގެ އާޓިސްޓެކެވެ.
އާއިލާ ތަކަށްވެސް ދެވޭނެ
މިއީ ހަމައެކަނި ޒުވާނުންނަށް ހާޢްސަ ފެސްޓެއް ނޫނެވެ. އާއިލާތަކަށްވެސް މި ފެސްޓިވަލްގެ ހަރަކާތްތަކުގައި ބައިވެރި ވެވޭނެ އެވެ. ޒުވާނުންގެދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އުމުރު ފުރާއަކަށް ވަނީ ހުޅުވާލާފައެވެ.