ހަތިޔާރާއެކު "ރަންނަމާރި ހަންޓް"އަށް ސިފައިން އަންނަ ހޯމަ ދުވަހު ނުކުންނަނީ

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިޔައްގެންދިޔަ "ވިކްޓްރީ ރަން"ގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ހަތިޔާރާއި ގޮވާތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ދިފާއީ ބާރުން ކޮންމެ އަހަރަކު ހިންގާ އަސްކަރީ ތަމްރީން، "ރަންނަމާރި ހަންޓް" އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ، އެ އަސްކަރީ ތަމްރީންތައް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ކަމަށެވެ.

މާލެ ސަރަހައްދުގައި އެ ތަމްރީންތައް ކުރިއަށް ގެންދާނީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި ކ. ތިލަފުށީގަ އެވެ.

އަދި ތަމްރީންތައް ހިންގާ ދުވަސްތަކުގައި އެއްގަމާއި ކަނޑުގައި ސިފައިން ހަތިޔާރާއި ގޮވާތަކެތި އަދި މާލެ އާއި ހުޅުމާލޭގައި އާމަޑް ވެހިކަލް ބޭނުން ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ނަމަވެސް އެ ހަތިޔާރު ތަކަކީ އޭގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ބޭނުންކުރާނެ ހަތިޔާރު ތަކެކެވެ.

comment ކޮމެންޓް