ސަބްސިޑީގެ ގޮތުގައި އަންނަ އަހަރަށް 1992 މިލިއަން ރުފިޔާ ހިމަނައިފި

ސްޓެލްކޯ. އަންނަ އަހަރު ކަރަންޓު ސަބްސިޑީގެ ގޮތުގައި ދޭ މިންވަރު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ އަހަރު ސަރުކާރުން ދޭ ސަބްސިޑީ އާއި އެހީގެ ގޮތުގައި 1992.4 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސަބްސިޑީ އާއި އެހީގެ ގޮތުގައި ހިމަނާފައި ވަނީ މިހިނގާ 2017 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ 2.9 ޕަސެންޓް އިތުރު އަދަދެކެވެ.

ހުސްނުވާ އާސަންދައިގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އެޅި ނަމަވެސް ކާބޯތަކެއްޗާއި ކަރަންޓުގެ އަގުހެޔޮކުރުމަށް ދޭ ސަބްސިޑީގެ މިންވަރު އަންނަ އަހަރު އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަހަރުގެ ބަޖެޓްގެ 57 ޕަސެންޓް ރިކަރަންޓް ހަރަދަށް ހޭދަކުރަން ނިންމާފައިވާ އިރު އޭގެ ތެރެއިން 12 ޕަސެންޓް ހޭދަކުރަން ނިންމާފައި ވަނީ ސަރުކާރުންދޭ ހިލޭ އެހީ އާއި ސަބްސިޑީ އަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަމަކީ ސަރުކާރުން ނުހަނު އަހައްމިއްޔަތުކަން ދޭކަމެއް ކަމަށާއި ރައްޔިތުންނަށް ދެވޭ ކަރަންޓާއި ކާޑުގެ ސަބްސިޑީއާއި އެހެނިހެން އެހީތަކަށް 2018 ވަނަ އަހަރު ހެޔޮ ބަދަލެއް ގެނައުމަށް ބަޖެޓުގައި 276 މިލިއަން ރުފިޔާ އިތުރަށް ހިމެނިފައިވާނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ސަބްސިޑީ އާއި އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ކަންތައް:

  • ކަރަންޓް އަގުހެޔޮކުރުމަށް ދޭ ފައިސާ - 200،000،000 ރުފިޔާ
  • ކާބޯތަކެތި އަގުހެޔޮކުރުމަށް ދޭ ފައިސާ - 50،000،000 ރުފިޔާ
  • އަޅާލާނެ ފަރާތެއް ނެތް މީހުންނަށް ދޭ އެހީ - 16،200،000 ރުފިޔާ
  • ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކަރަންޓް ބިލް ދެއްކުމަށް ދޭ އެހީ - 10،000،000

ސަބްސިޑީ އާއި އެހީތަކަށް ގެންނަ ބަދަލު

ކާބޯތަކެއްޗާއި ކަރަންޓުގެ ސަބްސިޑީ އަގުހެޔޮކުރުމަށް ދޭ ސަބްސިޑީ 150 މިލިއަން ރުފިޔާއިން އިތުރުކުރުމަށް ވަނީ ހުށަހަޅާފައި. އޭގެ ތެރޭގައި ސަބްސިޑީ 200 މިލިއަން ރުފިޔާ އަދި ކާބޯތަކެތީގެ ސަބްސިޑީއަށް 50 މިލިއަން ރުފިޔާ އިތުރުކުރުމަށް ވަނީ ހުށަހަޅާފައި. އަދި ކަރަންޓް ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް ޑައިރެކްޓް ސަބްސިޑީގެ ގޮތުގައި 10 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައި. ހަ އަޅާލާނެ ފަރާތެއް ނެތް ފަރާތްތަކަށް ދައުލަތުން ދޭ އެހީއެއްގެ ގޮތުގައި 2.16 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައި

އަންނަ އަހަރަށް ލަފާކޮށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅައިފަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އަދި އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 22.4 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ދައުލަތުގެ ހަރަދަކީ 24.9 ބިލިއަން ރުފިޔާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް