'ބައްތީ ގުލް މީޓަރު ޗާލޫ'ގެ އަންހެން ލީޑެއް އަދި ހަމަނުޖައްސާ!

ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ބައްތީ ގުލް މީޓަރު ޗާލޫ'ގެ އަންހެން ލީޑަކީ ކެޓްރީނާ ކައިފް ކަމަށް ބުނެ ދެެކެވޭ ވާހަކަތައް ޝާހިދު ދޮގުކޮށްފި އެވެ.

އިންޑިއާގައި ބޮޑުވެފައިވާ ކަރަންޓުގެ މައްސަލައަށް އަލިއަޅުވާލައި އުފެއްދުމަށް ނިންމާފައިވާ އެ ފިލްމުގެ ސްކްރިޕްޓު ކިޔުމަށްފަހު ކެޓްރީނާ ވަނީ ފިލްމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އަދި ޑައިރެކްޓަރު ޝްރީ ނާރަޔަން އާއެކު ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ކެޓްރީނާ ފިލްމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ޝާހިދު ބުނީ އަދި ފިލްމުގެ އަންހެން ލީޑު ހަމަޖައްސާފައި ނުވާ ކަމަށާއި، ހަމަޖެހުމުން އޭނާ އެކަން ހާމަކުރާނެ ކަމަށެވެ.

ފިލްމުގައި ޝާހިދު ފެނިގެން ދާނީ ވަކީލެއްގެ ރޯލުންނެވެ. ޓީސީރީޒް އަދި ކޭއާރްއައިއާރްޖޭ ގުޅިގެން ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު އެވެ.

ޝާހިދު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޑިސެމްބަރު އެއްވަނަ ދުވަހު ރިލީޒް ކުރާ ފިލްމު 'ޕަދްމާވަތީ' އިންނެވެ.

comment ކޮމެންޓް