މަންދު ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކުގައި ބައިވެރިވާން ހުޅުވާލައިފި

މަންދުން ކޮލެޖުން ގްރެޖުއޭޓް ވީ ދަރިވަރުންތަކެއް--ފޮޓޯ: މަންދު ކޮލެޖް

ރާއްޖޭގެ ޕްރައިވެޓް ކޮލެޖެއް ކަމަށްވާ މަންދު ކޮލެޖުން އަންނަ އަހަރު ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މަންދު ކޮލެޖުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކޮލެޖުން އަންނަ އަހަރު އަލަށް ދިވެއްސާއި އިސްލާމުން ބެޗެލާ އިން ޓީޗިންގެ އިތުރުން ސިވިލް ސާވިސް މުވައްޒިފުންނަށް އަމާޒުކޮށްގެން ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ކޯހެއް ފަށަން ހަަމަޖެހިފައިވާ ކަމަށެވެ.

އެހެން އެހަރެކޭ އެއްގޮތަށް މިއަހަރު ވެސް މަންދު ކޮލެޖުން ޕްރައިމަރީ އަދި ސެކެންޑްރީ ޓީޗިން އާއިި ބިޒިނަސް އާއި އިންފޮމޭޝަން ޓެކްނޮލަޖީގެ އިތުރުން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ އިން ސެޓްފިކެޓް ތިނަކުން ފެށިގެން ގޮސް ޑިގްރާއާ ހަމައަށް ކޯސްތައް ހިނގުމަށް ހަމަޖެހިފައިވާ ކަމަށް މަންދު ކޮލެޖުން ބުންޏެވެ. އަދި ޓީޗިންް، ބިޒިނަސް އަދި އެޑިއުކޭޝަނުން މާސްޓާސް ޑިގްރީއާ ހަމައަށް ކޯސްތައް ހިންގުމަށް ހަމެޖެހިފައިވާ ކަމަށް ވެސް އެކޮލެޖުން ބުންޏެވެ.

މަންދު ކޮލެޖުން ބުނީ ޑިޕްލޮމާ ފެންވަރުގެ ކޯސްތަކަށް ޝަރުުތުހަމަނުވާ ފަރާތްތަކަށް އެ ކޯސްތަކަށް ވަނުމަށް ހާއްސަ ކޯހެއް މިއަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ގޮސް އަންނަ އަހަރުގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޯސްފީ ދެއްކުމަށް ދަތިވާ ދަރިވަރުންނަށް އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ދެއްކޭނެ ސްކީމެއް ވެސް ހަމަޖެހިފައިވާ ކަމަށާއި އެ ސްކީމްގެ ދަށުން ފައިސާ ދައްކަން ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް މަންދު ކޮލެޖުން ބުންނެވެ. އަދި އެ ސްކީމްގައި ބައިވެރިވާ ދަރިވަރުން ފުރަތަމަ ސެމިސްޓާގައި ދައްކަން ޖެހޭނީ 500-400 އާ ދެމެދުގެ އަދަދެއް ކަަމަށާއި އޭގެ ފަހުން 1200-1000 އާ ދެމެދުގެ އަދަދެއް ކަމަށެވެ.

މަންދު ކޮލެޖުގައި އަންނަ އަހަރު ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މާލޭ ކެމްޕަސްގެ އިތުރުން އަތަޮޅުތަކުގައި ގާއިމްކޮށްފައިވާ "ވާޗުއަލް" ކެމްޕަސްތަކުގައި ކިޔެވުމުގެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.

comment ކޮމެންޓް