ނޫރު މަރާލި މައްސަލައިން ކުއްޖަކު ސަލާމަތްވި ހުކުމް އިސްތިއުނާފަށް

ނޫރު އާދަމް ހަސަަންފުޅު މަރާލާފައި ވަނީ، މާރާމާރީއެއްގައި ޒަޚަމްވި މީހަކު ގޮވައިގެން ހޮސްޕިޓަލަށް ގޮސް ހުއްޓައި -- ފޮޓޯ/ ފޭސްބުކް

އައިޖީއެމްއެޗު ކައިރިން ވަޅިން ހަމަލާދީ މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރާލުމުގައި ކުޑަކުއްޖަކު ބައިވެރިވިކަމުގެ ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ހާދިސާ ހިނގިއިރު އުމުރުން 17 އަހަރުގެ އެ ކުއްޖާގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން މާދަމާ 11:15 އަށް ހައިކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.

ނޫރު މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ޗާންދަނީމަގު ޔޫރޯ ސްޓޯރު ކައިރިން ޒުވާނަށް ހަމަލާދީ ޒަޚަމްކޮލުމުން އެ ޒުވާނާ ގޮވައިގެން އައިޖީއެމްއެޗަށް ގޮސް ހުއްޓައި ދަންވަރު 1:42 އެހައިކަންހާއިރުއެވެ.

ވަޅިން ހަމަލާދީ ނޫރު މަރާލި ކަމުގެ ކުށް ސާބިތުވެ 18 އަހަރުން ދަށުގެ ކުއްޖަކު މެރުމަށް ވެސް ޖުވެނައިލް ކޯޓުން ހުކުމް ކުރިއެވެ. އަދި އޭނާ މަރާލުމުގައި ބައިވެރިވި ދެ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ނިމިފައެއް ނުވެއެވެ.

އެ ދެ މީހުންނަކީ ޏ. ފުވައްމުލައް ދަނޑިމަގު، ޝައިނީ، މުޙައްމަދު ސަމީޙު އާއި ހަމަ އެރަށު ހޯދަޑު، ނޯވެލް، މުޙައްމަދު ޝަމްލުއެެވެ.

comment ކޮމެންޓް