ދަރިފުޅު މަރާލި ފަރީދުގެ ކިބައިން ބޭނުމީ މަރަށް މަރު: ޝުހާދުގެ މަންމައާއި ބައްޕަ

ހަސަން ފަރީދު ސުޕްރީމް ކޯޓުގައި

ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ހަސަން ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ކަމަށް، ޝުހާދުގެ މަންމައާއި ބައްޕަ، ސުޕްރީމް ކޯޓުގެ ޝަރިއަތުގައި ބުނެފިއެވެ.

ޖެނުއަރީ، 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބައެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރަށު މެކޯ، ޝުހާދަށް ހަމަލާދީ މަރާލި މައްސަލައިގައި އެ ރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރެވެ.

އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ފަރީދުގެ ފަރާތުންނެވެ. މި މައްސަލައިގައި، ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރިއަތުގައި، ފުވައްމުލަކުގައި ތިބެ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރިއަތުގައި ބައިވެރިވެ ޝުހާދުގެ މަންމައާއި ބައްޕަ ވެސް ބުނީ އެ ދެ މީހުންގެ ދަރިފުޅުގެ މަރުގެ ބަދަލުގައި މަރަށް މަރު ހިފަން ބޭނުން ކަމަށެވެ.

ޝުހާދުގެ ވާރިސުން، މަރަށް މަރު ހިފަން ބޭނުން ކަމަށް ބުނުމުގެ ކުރިން އެ މީހުންނާ ދައްކާނެ އެއްވެސް ވާހަކައެއް އޮތްތޯ، ހަސަން ފަރީދާ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން، އެ މީހުންނާ ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ހަސަން ފަރީދު ބުންޏެވެ.

https://sun.mv/74992

ސުޕްރީމް ކޯޓުގައި މި މައްސަލަ އޮންނަތާވެސް މިހާރު ގާތްގަނޑަކަށް ފަސް އަހަރަށްވުރެ ގިނަ ވެއްޖެއެވެ. މި މައްސަލައިގެ އަޑު އެހުންތައް ކުރިން ސުޕްރީމް ކޯޓުން ގާތްގަނޑަކަށް ނިންމާލިއެވެ. އެކަމަކު، އޭރު މައްސަލަ ބަލަމުން ދިޔަ ބެންޗު ބަދަލުވެ، އަލުން މައްސަލަ ކުރިއަށްދާއިރު، މައްސަލައިގެ ރިޔާސަތު މިހާރު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

މި މައްސަލަ މި ފަހުން މެދު ކެނޑުނީ ހަސަން ފަރީދަށް އަޑު އިވުމުގެ މައްސަލަތަކެއް ދިމާވުމުންނެވެ. މިއަދުގެ އަޑު އެހުމުގައި ހަސަން ފަރީދު ބައިވެރިވީ ހިއަރިން އެއިޑެއް އަޅައިގެންނެވެ.

ފަރީދު މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މެއި 13، 2015 ވަނަ ދުވަހެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ޖޫން 2015ގެ ތެރޭގައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ.

ޝުހާދު މަރުވެފައި ވަނީ، ވަޅިހަރާލުމުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުންދަނިކޮށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

2010 ވަނަ އަހަރުގެ ޖެނުއަރީ މަހު ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗެހިން ހަމަލާދީ ޝުހާދު މަރާލި މައްސަލައިގައި، މެރުމަށް ހުކުމްކޮށްފައިވާ ހަސަން ފަރީދުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ކްރިމިނަލް ކޯޓުން 2015 ވަނަ އަހަރު އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން، ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ 2017 ވަނަ އަހަރުއެވެ. މި މައްސަލަ ބައްލަވާ ބެންޗު ބަދަލުވެ، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ މި ޝަރީއަތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ޝުހާދުގެ މަންމައާއި ބައްޕަ ވަނީ ދަރިފުޅުގެ މަރުގެ ބަދަލެއްގެ ގޮތުން މަރަށް މަރު ހިފަން ބޭނުންކަމަށް ކޯޓުގައި ސާފުކޮށް ބުނެފައެވެ.

  • 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ޝުހާދު މަރުވީ ވަޅިން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ފަރުވާދެމުން ދަނިކޮށް.
  • ކްރިމިނަލް ކޯޓުން ހަސަން ފަރީދު މެރުމަށް ހުކުމްކުރީ 2015 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު.
  • ފަރީދުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރު، އަދި މައްސަލަ އެ ކޯޓުގައި އޮންނަތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ.
  • ޝުހާދުގެ ވާރިސުންނާ ދައްކާނެ އެއްވެސް ވާހަކައެއް ނެތްކަމަށް މިއަދުގެ އަޑުއެހުމުގައި ފަރީދު ވަނީ ބުނެފައި.
  • އަޑުއިވުމުގެ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ޝަރީއަތް މެދުކެނޑިފައި އޮތުމަށްފަހު، މިއަދު ފަރީދު ބައިވެރިވީ ހިއަރިން އެއިޑެއް ބޭނުންކޮށްގެން.
  • ޝުހާދުގެ ވާރިސުން ބޭނުންވަނީ ގިސާސް ހިފުމަށް ނުވަތަ މަރަށް މަރު ހިފުމަށް.
  • މައްސަލައިގެ ނިހާއީ ހުކުމް އިއްވުމަށްޓަކައި ސުޕްރީމް ކޯޓުގައި ޝަރީއަތުގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށް.
  • މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ވާރިސުންގެ ނިންމުން ވަރަށް ސާފުކޮށް ކޯޓަށް ވަނީ އަންގާފައި.
comment ކޮމެންޓް