ޔޫއްޕެގެ ސަސްޕެންސް ތްރިލާ "ދެވަންސޫރަ"ގެ ފަސްޓްލުކް ދައްކާލައިފި

ފިލްމު ދެވަންސޫރަ ގެ ޕޯސްޓަރު

ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓް ކުރާ ފިލްމު "ދެވަންސޫރަ"ގެ ފަަސްޓްލުކް ރޭ ދައްކާލައިފިއެވެ.

އަލަށް ތައާރަފްވާ ބަތަލާއެއް ފެނިގެންދާ ދެވަންދޫރައަކީ ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ ޔޫއްޕެއެވެ. ޑައިރެކްޓަރަކީވެސް ޔޫއްޕެއެވެ.

މި ފިލްމު މިއަހަރުގެ ޑިސެމްބަރު މަހު ސްކްރީނަށް ގެންނަން ތައްޔާރުވެފައިވާއިރު ރޭ ވަނީ ފިލްމު ރަސްމީކޮށް ލޯންޗްކޮށްފައެވެ. ފިލްމުގައި 21 ތަރިން ފެނިގެންދާނެއެވެ.

ފިލްމުގެ މުހިއްމު ތަރިންގެ ތެރޭގައި ޔޫއްޕެ، ދޮންއައްޔަ، އަޒޫ، ފައިސަލް، ނާއްކޮ، ސައީދު އަދި ޖާދުﷲ ފަދަ ތަރިން ހިމެނެއެވެ. މީގެ އިތުރުން ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ފެންނާނީ އަލަށް މިދާއިރާއަށް ތައާރަފްވާ ޝިފާއެވެ.

ދެވަންސޫރަ އަކީ މިހާރުގެ މުޖްތަމައުގައި ހިނގާ ކަންތައްތައް ދައްކައިދޭނެ ފިލްމެކެވެ. ފިލްމުގައި ފެނިގެންދާނީ މަރެއްގެ ހަގީގަތް ހޯދުމަށް އަންހެނަކު ކުރާ މަސައްކަތެވެ. ފިލްމުގެ ޝޫޓިން ކުރިއަށްދަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.

މިފިލްމު ރިލީޒްކުރަން ނިންމާފައިވަނީ ޑިސެމްބަރުގައެވެ. ސީދާ ތާރީޚް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް