ބިޕާޝާގެ ފިމްލެއް އަނެއްކާ ވެސް، މިފަހަރު ވެސް ކަރަން އާއި އެކީ

ބިޕާޝާ ދެން ވެސް ފިލްމެއް ކުޅޭނީ ކަރަން އާއި އެކީ

ބިޕާޝާ ބާސޫގެ ފިލްމެއް ނުފެންނަތާ ދެއަހަރުވެގެން ދިޔައިރު ވަރަށް އަވަހަށް ފިލްމަކުން އޭނާ ފެންނާނެ ކަމަށް އޭނާ ބުނެފި އެވެ.

މިއީ ޔަގީނުން ވެސް ބިޕާޝާގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. އެންމެ ފަހުން އޭނާ ފެނިގެންދިޔަ ފިލްމަކީ 2015 ވަނަ އަހަރު ނިކުތް "އެލޯން" އިންނެވެ. ބިޕާޝާ އޭނާގެ ފިލްމެއް ބެލުންތެރިންނާ ހިސާބަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ އިރު އަނެއްކާ ވެސް އޭނާ ފިލްމެއް ކުޅެނީ އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ާއެކީގަ އެވެ.

ފިރިމީހާ ކަރަންއާ އެކު ފިލްމު ކުޅެން މިހާރު ވެސް ބިޕާޝާ އަށް ފުރުސަތެއް ލިބިފައިވާ އިރު ފިލްމްގެ ޑައިރެކްޓަރަކާ އެކު އަންނަނީ އޭނާ އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ޑައިރެކްޓަރު އަންކުޝް ބުނީ ލޯބީގެ ގޮތުން ގުޅި ކައިވެންޏެއް ކުރާ ދެމީހެއްގެ ދިރިއުޅުން ކައިވެންޏަށް ފަހު ބަދަލުވެގެންދާ ގޮތް ފެނިގެންދާ ފިލްމެއް އުފެއްދުމުގެ ހިޔާލު ގެންގުޅޭ ކަމަށާއި އެ ފިލްމަށް އޭނާ ބޭނުންވަނީ ހަގީގީ ދެ ޖޯޑު ކަމަށެވެ.

އެ ދެ ޖޯޑުގެ ރޯލު ކުޅުމަށް ބިޕާޝާ އާއި ކަރަން ވަރުގެ ދެ ތަރިންނެއް ނެތް ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

ފިލްމަށް ދެ ތަރިން ވެސް އަދި ސޮއިކޮށްފައި ނުވާއިރު އަދި ފިލްމުގެ ސްކްރިޕްޓް ވެސް ލިބިފައިނުވާ ކަމަށާއި ރަސްމީކޮށް ފިލްމުގެ އެއްވެސް ވާހަކަތަކެއް ނުދެކެވޭ ކަމަށް އެ ދެތަރިން ބުންޏެވެ. ނަމަވެސް އޭނާ ބުނީ ދެންވެސް އޭނާ ފިލްމެއް ކުޅޭނީ ކަރަން އާ އެކީ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް