ޓައިގާގެ މަންމަ ދިޝާ އާ ގަބޫލު؟

ބޮލީވުޑްގެ އެކްޝަން ހީރޯ ޓައިގާ ޝްރޯފް އާއި ބަތަލާ ދިޝާ ޕަޓާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ގަބޫލު ކުރެވުނު ނަމަވެސް، އެ ދެމީހުން ވެސް އެކަމާ ގުޅިގެން ވާހަކައެއް ނުދައްކައެވެ.

ދެމީހުންގެ ގުޅުމުގެ ވާހަކަ ނުދެއްކި ނަމަވެސް، އެކުގައި ވަގުތު ހޭދަކޮށް، އިވެންޓުތަކަށް ދިއުމާއި އެކަކު އަނެކަކުގެ ގެއަށް ދިއުމަކީ ދެމީހުން ފޮރުވާ ކަންކަމެއް ވެސް ނޫނެވެ.

ދިޝާ އާއި ޓައިގާގެ ޖޯޑު ފޭނުންނަށް ވެސް ވަރަށް ކަމުދެ އެވެ. އެހެން ނަމަވެސް ދެމީހުންގެ ގުޅުމާ މެދު ޓައިގާގެ މަންމަ އައިޝާ ޝްރޯފް ހިތްހަމަނުޖެހޭ ކަމަށް މީގެކުރިން ރިޕޯޓުތައް ވަނީ ފެންމަތިވެފައެވެ. އައިޝާއަށް ދިޝާ ކަމުނުދިޔައީ ކީއްވެ ކަމެއް ނޭނގެ އެވެ.

ނަމަވެސް ރިޕޯޓުތައް ބުނާގޮތުން، މިހާރު ދިޝާއަށް ޓައިގާގެ މަންމަގެ ރުހުން ވަނީ ލިބިފައެވެ. ދެމީހުންގެ ގުޅުން ރަނގަޅުވީ ޓައިގާ އާއި ދިޝާގެ ކުރިއަށް އޮތް ފިލްމު 'ބާޣީ 2'ގެ މަސައްކަތުގައި ދިޝާ ޓައިގާގެ ގެއަށް ގޮސް އެކުގައި ވަގުތު ހޭދަކުރަން ފެށިފަހުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ދިޝާ އަކީ ވަރަށް "ކޫލް" އަދި ޓައިގާއަށް ރަނގަޅު ކުއްޖެއް ކަމަށް އައިޝާ މިހާރު ގަބޫލުކުރެ އެވެ.

comment ކޮމެންޓް