ސަޕްލިމެޓްރީ ބަޖެޓް ހުށަހަޅުން އަންގާރަ ދުވަހު

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން އެޖެންޑާ ކޮށްފި އެވެ.

ސަޕްލިމެޓްރީ ބަޖެޓާ ބެހޭގޮތުން މީގެކުރިން ސަރުކާރުގެ މަޖިލިސް މެމްބަރުން ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ނަމަވެސް އެ ބަޖެޓްގެ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް މި ހަފްތާގެ އަންގާރަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. ހަމަ އެ ޖަލްސާއަށް އޮޑިޓަޖެނެރަލް އޮފީހަށް ބޭނުންވާ 2018 ވަނަ އަހަރުގެ ބަޖެޓްގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ވެސް ވަނީ ތާވަލުކޮށްފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް މިދިއަ އަހަރު ވެސް ހުށަހެޅުމުގެ ވާހަކައެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެއްކެވި އެވެ. ނަމަވެސް ހުށަހަޅުއްވާފަ އެއް ނުވެ އެވެ.

ރައީސް ޔާމީން ވެރިކަމަށް އައިފަހުން ސްޕްލިމެންޓްރީ ބަޖެޓެއް ފާސްކުރުމަށް ހުށަހަޅާ މިއީ ފުރަތަމަ ފަހަރެވެ.

ދެހާސްސަތާރަ ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއަހަރު ސަޕްލިމެންޓްރީ ބަޖެޑް މި ހުށަހަޅަނީ ކޮންކޮން ކަންކަމެއް ހިމަނާފައި ކަމެއްވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް