ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ އަންހެނެއްގެ ހުވަފެން ޝާހްރުކްހާން ފުރިހަމަކޮށްދީފި

ޝާހްރުކްހާން ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ އަންހެނެއްގެ ހުވަފެން ކާމިޔާބުކޮށްދީފައި

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ އަންހެނެއްގެ ހުވަފެން ޝާހްރުކްހާން ފުރިހަމަކޮށްދީފި އެވެ.

އަރޫނާ ނަމަކަށް ކިޔާ އިންޑިއާ އަންހެން މީހާ އަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ޝާހްރުކްހާންގެ އެންމެ ބޮޑު އެއް ފޭނެކެވެ. ބަލި އެނދުގައި އޮވެގެން ވެސް އޭނާ އެދެމުން ދިޔައީ ޝާހްރުކް އޭނާއާ ބައްދަލު ކޮށްލުމަށެވެ. ނޫނީ އޭނާ އަށް ޝާހު މެސެޖެއް ދިނުމެވެ.

އެކަން ޝާހްރުކް ވަނީ ފުރިހަމަކޮށްދީފަ އެވެ.

"އަހަރެންގެ ފޭން ޕޭޖް އަށް އެއްދުވަހު ވަރަށް އާދަޔާ ހިލާފަށް މެސެޖުތައް ގިނަވި. އަރޫނާގެ ދެ ދަރިން ވަނީ އެ ދުވަހު އެ ޕޭޖަށް މެސެޖުކޮށްފައި. ކަންތައް ވަމުންދާ ގޮތް އޭނާގެ ދެ ދަރިން އަހަރެންނާ ހިއްސާކުރި. އެކުދިން ބުނީ އެކުދިން މަންމަ ބަލި އެނދުގައި އޮވެގެން ވެސް ބޭނުންވީ ހަމައެކަނީ އަހަރެންގެ ފަރާތުން މެސެޖެއް ކަމަށް. ނޫނީ އެއް ފަހަރު ނަމަވެސް ބައްދަލުކޮށްލުމަށް. އަހަރެން އެކަން ކޮށްދޭން ނިންމިން. ވަރަށް އުފާވޭ،" އޭނާ ބުންޏެވެ.

ޝާހްރުކް ވަނީ އަރޫނާ އަށް ވީޑިއޯއެއް ފޮނުވައިފަ އެވެ. އެ ވީޑިއޯގައި އޭނާ ބުނީ އޭނާގެ ހުރިހާ ރަހުމަތްތެރިންނާއި އާއިލާ އަރޫނާ ރަނގަޅުވޭތޯ ދުއާކޮށްދޭނެ ކަމަށެވެ.

ޝާހްރުކް ބުނީ އަރޫނާގެ ބަލި ހާލަތު ހުރި ގޮތުން އޭނާއާ ބައްދަލު ނުވެވި ދާނެ ކަމަށެވެ. ނަމަވެސް އޭނާގެ ބަލި ކުޑަކޮށް ރަނގަޅުވުމުން އަރޫނާއާ އޭނާ ބައްދަލުކުރާނެ ކަމަށް ޝަހްރުކް ވަނީ އަރޫނާގެ ދެ ދަރިން ކައިރީ ވައުދުވެފަ އެވެ.

comment ކޮމެންޓް