އެވިޑް ކޮލެޖުން 609 ދަރިވަރަކު ދަސްވެނިވެއްޖެ

ރޭ ދަރުބާރުގޭގައި ބޭއްވި އެވިޑްކޮލެޖުގެެ މިއަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން---

ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑު ކޮލެޖުން މިއަހަރު 609 ކުއްޖަކު ދަސްވެނި ވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެވިޑްކޮލެޖުގެެ މިއަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއެވެ.

އެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގައި ހިންގި ސެޓްފިކެޓް، ޑިޕްލޮމާ، ޑިގްރީ އަދި މާސްޓަސް ލެވަލްގެ ކޯސްތައް ފުރިހަމަކުރި ދަރިވަރުންނަށާއި ޓޮޕް އެޗީވާސް އެވޯޑު ހާސިލް ކުރި ދަރިވަރުންގެ އިތުރުން އެ ކޮލެޖުން އެންމެ ފާހަގަ ކޮށްލެވޭ ދަރިވަރަށް "ޗެއާމަން ޑައިމަންޑްސް އެވޯޑް" ވަނީ އަރުވައިފަ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި އެވިޑްކޮލެޖުގެެ މިއަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން---

މިދިޔަ އަހަރު އެވިޑް ކޮލެޖުން ސީ3 އާއި ސީ4 ސެޓިފިކެޓް 54 ދަރިވަރަކު ހާސިލްކޮށްފައިވާ އިރު 162 ކުއްޖަކު ވަނީ ޑިޕްލޮމާ ހާސިލްކޮށްފަ އެވެ. އަދި 202 ދަރިވަރަކު ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާއިރު 237 ދަރިވަރަކު މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.

މިދިޔަ އަހަރު އެވިޑް ކޮލެޖުން އެންމެ ފާހަގަކޮށްލެވޭ ޝަރަފުވެރި "ޗެއާމަން ޑައިމަންޑްސް އެވޯޑް" ހާސިލް ކޮށްފައި ވަނީ މަރިޔަމް ސާމިހާއެވެ.

ބެޗެލާސް އިން އާލީ އެޑިއުކޭޝަނުން ތައުލީމު ހާސިލްކުރި ސާމިހާ ވަނީ އެވިޑް ކޮލެޖުން ދިން ޓޮޕް އެޗީވާސް އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.

ކިޔެވުމުގެ އިތުރުން ސާމިހާ ވަނީ އެވިޑް ކޮލެޖުގެ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިިވެފަ އެވެ.

comment ކޮމެންޓް