އެމްއެންޔޫގެ މޭ ދަސްވެނިވުން ތިނަކުން ހަތަރަކަށް!

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުެގ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ގައުމީ ޔުނިވާސިޓީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މޭ މަހުގެ ދަސްވެނިވުން އަންނަ މޭ މަހުގެ ތިނަކުން ހަތަރަކަށް ބާއްވަން އެ ޔުނިވާސިޓީ އިން ނިންމައިފިއެވެ.

އެ

އެމްއެންޔޫ އިން ބުނީ ދަސްވެނިވުން ކުރިއަށް ދާނީ އަންނަ މަހުގެ ތިނަކުން ހަތަރަކަށް، ކޮންމެ ދުވަހަކު ވެސް ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނާއި އަދި ރޭގަނޑު ދަސްވެނިވުން އޮންނާނެއެވެ.

އެމްއެންޔޫގެ ދަސްވެނިވުން އޮންނާނެ ގޮތުގެ ތާވަލު:

03 މޭއި 2023، ބުދަ (ހެނދުނު):

- ސްކޫލް އޮފް ނާސިން
- ފެކަލްޓީ އޮފް ހެލްތް ސައިންސަސް

03 މޭއި 2022، ބުދަ (ރޭގަނޑު):
- ފެކަލްޓީ އޮފް އެޑިއުކޭޝަން (މާސްޓާސް)
- ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

04 މޭއި 2023، ބުރާސްފަތި (ހެނދުނު)
- ފެކަލްޓީ އޮފް އާޓްސް
- ފެކަލްޓީ އޮފް އެޑިއުކޭޝަން (ބެޗްލާސް)

04 މޭއި 2023، ބުރާސްފަތި (ރޭގަނޑު)
- ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް
- ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ
- އެމްއެންޔޫ ބިޒްނަސް ސްކޫލް

ހެނދުނުގެ ދަންފަޅި ފެށޭނީ 09:30 ގައެވެ. އަދި ރޭގަނޑު ދަންފަޅި ފެށޭނީ 20:30 ގައެވެ.

އެމްއެންޔޫ އިން ބުނީ މި ފަހަރުގެ ދަސްވެނިވުމުގައި 900 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވާނެކަމަށެވެ. މި ދަސްވެނިވުން ވެސް އޮންނާނީ އެމްއެންޔޫގެ އޭ ބްލޮކް އޮޑިޓޯރިއަމްގައެވެ.

comment ކޮމެންޓް