ރީފްސައިޑް "މަރުހަބާ ރަމަޟާން"ގެ ނަސީބުވެރިން ހޮވައިފި

ރަމަޟާން މަހާ ދިމާކޮށް ރީފްސައިޑުން ކުރިއަށް ގެންދިޔަ "މަރުހަބާ ރަމަޟާން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ރީފްސައިޑުން ކުރިއަށް ގެންދިޔަ "މަރުހަބާ ރަމަޟާން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

ރަމަޟާން ޕްރޮމޯޝަންގެ ނަސީބުވެރި ހަތަރު ފަރާތަކަށް ޖުމްލަ އެއްލައްކަ ރުފިޔާއަށް ވުރެ އަގުހުރި އިނާމު ވަނީ ހުށަހަޅާފަ އެވެ.

ޕްރޮމޯޝަންގެ އެއްވަނަ އަށް ހުށަހަޅާފައިވާ ރާޑޯ ކަޕްލް ގަޑި ލިބުނު ނަސީބުވެރިޔަކަށް ހޮވުނީ އަހުމަދު ޒާހިރު އެވެ. ރާޑޯ ކަޕްލް ވޮޗްގެ އަގު 50000 ރުފިޔާ އަށް އަރާނެ ކަމަށް ރީފްސައިޑުން ބުނެއެވެ. ޕްރޮމޯޝަންގެ ދެ ވަނަ އަށް ހުށަހަޅާފައިވާ ބޯސް ބްރޭންޑްގެ ސައުންޑްބާގެ ނަސީބުވެރިޔަކަށް ހޮވުނީ އަޖިތު އެވެ. މި ޕްރޮމޯޝަންގެ ތިން ވަނައަށް ހުށަހަޅާފައި ވަނީ ސޮނީ ޕްލޭސްޓޭޝަން 4 ޕްރޯއެކެވެ. މި އިނާމުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ނިޝާންތާއެވެ. ރީފްސައިޑުން ރަމަޟާން މަހު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ހަތަރު ވަނަ އިނާމަކަށް ހުށަހަޅާފައިވާ ގޯޕްރޯ ހީރޯ ފަހެއްގެ ނަސީބުވެރިޔަކަށް ހޮވުނީ މަރިޔަމް ނަޒާހާއެވެ.

ރީފްސައިޑުގެ މާކެޓިން އެގްޒެކެޓިވް މުހައްމަދު އަހުސަން މީޑިއާ އަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި، ރީފްސައިޑުގެ ފިހާރަތަކުން ވިޔަފާރި ކުރި ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނު ކަމަށް ރީފްސައިޑުން ބުނެއެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ރީފްސައިޑުގެ މާކެޓިން އެގްޒެކެޓިވް މުހައްމަދު އަހުސަން މިއަދު ވިދާޅުވީ މަޖީދީމަގު ރީފްސައިޑުން ފިހާރަ، އޯކިޑްމަގުގައި ހުރި ކުރީގެ ސޮނީ ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށެވެ. ބޮސް، ނިކޮން، ގޯޕްރޯ އަދި އެޕަލްގެ އުފެއްދުންތައް އެކްސްކްލޫސިވްކޮށް، މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އަހުސަން ވިދާޅުވި އެވެ.

comment ކޮމެންޓް