އަލޯރާ ޕޭން ހޯމްގައި ކުރިއަށްދާ ރަމަޟާން ސޭލްގައި އެފިހާރައިން ވިއްކާ ހުރިހާ މުދަލަކުން ޑިސްކައުންޓް ލިބޭނެއެވެ. އަލޯރާއިން ލިބެންހުރި މުދަލުގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރު، ބެޑިންގް ސެޓް، ބާލީސް ފަދަ ތަކެތީގެ އިތުރުން ގޭތެރެއަށް ބޭނުންވާ އެހެނިހެން ސާމާނު ވެސް ހިމެނެއެވެ.
އަލޯރާ ޕޭން ހޯމްގައި ކުރިއަށްދާ ސޭލްގައި ބޮޑު ހަދިޔާގެ ގޮތުގައި ގުރުއަތުން ހޮވޭ އެއްފަރާތަކަށް ލިވިންގްރޫމް ސެޓެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ކޮންމެ ހަފުތާއަކު ނަސީބުވެރި ތިން ފަރާތެއްހޮވައި އެފަރާތްތަކަށް ހާއްސަ ހަދިޔާއެއްދެވޭނެއެވެ. ބޮޑު ހަދިޔާގެ ގުރުނެގުން އޮންނާނީ އަލޯރާ ރަމަޟާން ސޭލް ނިމޭ ތާރީހު ކަމުގައިވާ މިފެށޭ މާރޗް މަހުގެ އަށްވަނަ ދުވަހުއެވެ.
އަލޯރާ ޕޭން ހޯމްއަކީ 2000ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޒަމާނީ، ފެންވަރު ރަނގަޅު އަދި އެކަށީގެންވާ އަގެއްގައި ފަރުނީޗަރު ފޯރުކޮށްދިނުމުގައި އިސްދައުރެއް އަދާކުރަމުން އަންނަ ފިހާރައެކެވެ.
އަލޯރާއިން ވިއްކާ ފަރުނީޗަރުގެ އެކި ޑިޒައިންތަކުގެ ތެރޭގައި މޮޑާން، އިޓާލިއަން، ކޮންޓެމްޕޮރެރީ އަދި މިނިމަލިސްޓް ސްޓައިލްތައް ހިމެނެ އެވެ. އަދި ބޮޑު ސެލެކްޝަނަކާ އެކު ޖާގަ ތަނަވަސް ތަންތަނަށާއި ޖާގަ ކުޑަ ތަންތަނަށް އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ ފަރުނީޗަރު ލިބޭނެ ކަމުގެ ޔަގީންކަން އަލޯރާއިން ދެއެވެ.
އަލޯރާ ޕޭން ހޯމް ހުންނާނީ މއ. ސީރާޒީގެ، ސީރާޒީގޯޅީގައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 13:00 – 17:45 އަދި 20:00 – 22:30 އަލޯރާ ޕޭން ހޯމް ހުޅުވިފައި ހުންނާނެއެވެ.