ޓޫރިޒަމް މާކެޓް ކުރުމަށް މަޓާޓޯއިން އަންނަ އަހަރު 19 އިންޓަނޭޝަނަލް ފެއާގައި ބައިވެރިވަނީ

މަކްޓާ ނޯޑިކް ޓްރެވަލް ފެއާގެ ތެރެއިން --- ފޮޓޯ/ މަޓާޓޯ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ (މަޓާޓޯ) އިން އަންނަ އަހަރުތެރޭގައި 19 އިންޓަނޭޝަންނަކް ޓްރެވަލް ފެއާ އަދި އެގްޒެބިޝަނެއްގައި ބައިވެރިވަނެކަން އިއުލާނުކޮށްފި އެވެ.

މަޓާޓޯއިން މިއަދު ބުނީ، ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކޮށް ފުޅާ ކުރުމަށްޓަކައި އަންނަ އަހަރު ދުނިޔޭގެ އެކި ހިސާބު ތަކުގެ އެކި ޓްރެވަލް ފެއާ އަދި އެގްޒެބިޝަންތަކުގައި ބައިވެރިވާން ނިންމައިފަވާ ކަމަށެވެ.

އޭގެ ތެރޭގައި:

  • އިރާން ގެ ކެޕިޓަލް ސިޓީ ޓެރާންގައި ޖެނުއަރީ 23 އިން 26 އަށް ބާއްވާ، "ޓެރާން ޓޫރިޒަމް އެގްޒެބިޝަން"
  • އިންޑިއާގެ ނިއުދެއްލީގައި ޖެނުއަރީ 31 އިން ފެބްރުއަރީ 2 އަށް ބާއްވާ "ސައުތް އޭޝިއަން ޓްރެވަލް އެގްޒެބިޝަން"
  • އެސްޓޮނިއާގައި ފެބްރުއަރީ 9 އިން 11 އަށް ބާއްވާ "ޓޫރިސްޓް އިން ޓައްލިން"
  • ތައިލެންޑްގެ ބެންކޮކްގައި ފެބްރުއަރީ 7 އިން 11 އަށް ބާއްވާ، "ތައި އިންޓަނޭޝަނަލް ޓްރެވަލް ފެއާ"
  • އިސްރާއިލްގެ ޓެް އަވިވް ޔަފޯގައި ފެބްރުއަރީ 6 އިން 7 އަށް ބާއްވާ "އިންޓަނޭޝަނަލް މެޑިޓަރޭނިއަން ޓޫރިޒަމް މާކެޓް"
  • އިޓަލީގެ މިލާންގައި ފެބްރުއަރީ 11 އިން 13 އަށް ބާއްވާ "ބިޓް މިލާނޯ"
  • ދުބާއީ، ކުވައިތް، ގަތަރު އަދި އޮމާންގައި ފެބްރުއަރީ 11 އިން 15 އަށް ބާއްވާ "އައުޓް ބޯންޑް ޓްރެވަލް ރޯޑް ޝޯ"
  • ޔޫކްރެއިންގެ ކިއެވްގައި މާޗް 20 އިން 22 އަށް ބާއްވާ "ޔޫކްރެއިން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް"
  • އިންޑިއާގެ މުންބާއި، އަހްމަދުއާބާދު އަދި ދެއްލީގައި މާޗް 19 އިން 22 އަށް ބާއްވާ "އައުޓް ބޯނޑް ޓްރެވަލް ރޯޑް ޝޯ"
  • ވިއެޓްނާމްގެ ހަ ނޮއިގައި އޭޕްރީލް 29 އިން މެއި 1 އަށް ބާއްވާ "ވިއެޓްނާމް އިންޓަނޭޝަނަލް ޓްރެވަލް މާކެޓް"
  • އަޒަރް ބައިޖާންގެ ބަކޫގައި އޭޕްރިލް 5 އިން 7 އަށް ބާއްވާ "އަޒަރްބައިޖާން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް ފެއާ"
  • ޗައިނާގެ ޝެންހާއީގައި އޭޕްރިލް 19 އިން 22 އަށް ބާއްވާ "ވާލްޑް ޓްރެވަލް ފެއާ ޗައިނާ"
  • ޓައިވާންގެ ޓައިޕެއިގައި މެއި 4 އިން 7 އަށް ބާއްވާ "ޓައިޕެއި ޓޫރިޒަމް އެކްސްޕޯ"
  • ސައުތް އެފްރިކާގެ ޑާބަންގައި މެއި 8 އިން 10 އަށް ބާއްވާ "އިންޑަބާ ޓޫރިޒަމް ފެއާ"
  • ހޮންކޮންގްގައި ޖޫން 14 އިން 17 އަށް ބާއްވާ "އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯ"
  • ލޮސްއެންޖަލިސްގެ ސެންފްރެންސިސްކޯ އަދި ސީއެޓުލް ގައި އޮގަސްޓް މަހު ބާއްވާ "ޔޫއެސް ރޯޑް ޝޯ"
  • މެލޭޝިއާގެ ލަންގްކަވީގައި ބާއްވާ "ޕަޓާ ޓްރެވަލް މާޓް"
  • ކުއާލަލަންޕޫރު، ބެންކޮކް، ޖަކާޓާ އަދި މަނިލާ ގައި އޮކްޓޯބަރު 1 އިން 5 އަށް ބާއްވާ "އައުޓްބޮންޑް ޓްރެވަލް ރޯޑްޝޯ ސައުތް އޭޝިއާ"
  • ބެލްޖިއަމްގެ ބުރޫސެލްސްގައި ޑިސެންބަރު 11 އިން 12 އަށް ބާއްވާ "ބުރޫސެލްސް ޓްރެވަލް އެކްސްޕޯ"

މަޓާޓޯއިން ވަނީ މިހާރު ވެސް މެދު އިރުމަތީގެ ދުބާއީ، ކުވައިތު، ގަތަރު އަދި އޮމާންގައި ބާއްވާ ޓްރެވަލް ފެއާގެ އިތުރުން އިންޑިއާގައި ބާއްވާ ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ.

ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު އިތުރުވަމުން އައިސް މިހާރު ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު އިތުރުވަމުންދާލެއް މަދުކަމަށް މަޓާޓޯއިން ބުންޏެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް މާކެޓްކޮށް ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި މަޓާޓޯއިން ވޭތުވެ ދިޔަ 12 މަސް ދުވަހުގައި 15 އިންޓަނޭޝަނަލް ޓްރެވަލް ޝޯ އަކާއި އެގްޒެބިޝަންތަކުގައި ބައިވެރިވެފައިވާ ކަމަށް މަޓާޓޯއިން ބުންޏެވެ.

comment ކޮމެންޓް