ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއެއް ދުވާފަރުގައި ހަދަން ފަށައިފި

ރ. ދުވާފަރުގައި އެމްޑަބްލިއުއެސްސީން، ފުޅީގައި ފެންބަންދުކުރާ ކާރުހާނާއެއް އެޅުމުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ/ އެމްޑަބްލިއުއެސްސީ

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ރ. ދުވާފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފެން އުފައްދާ ކާރުހާނާ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު އިފްތިތާހުކޮށްފި އެވެ.

މިއަދު ހަވީރު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި ރައްޔިތުން މަޖިލީހުގެ ރ. އަތޮޅު ދާއިރާގެ މެމްބަރު މުހަންމަދު އަލީއެވެ.

ރ. ދުވާފަރުގައި އެމްޑަބްލިއުއެސްސީން، ފުޅީގައި ފެންބަންދުކުރާ ކާރުހާނާއެއް އެޅުމުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ދުވާފަރުގައި ގާއިމުކުރާ ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއަކީ އެމްޑަބްލިއުއެސްސީގެ ފަރާތުން މާލެ ފިޔަވައި، ރާއްޖޭގެ އެހެން ރަށެއްގައި ގާއިމުކުރާ މިފަދަ ފުރަތަމަ ކާރުހާނާއެވެ. މި ތަން އިމާރާތް ކުރަނީ 10،000 އަކަފޫޓުގެ ބިމެއްގައެވެ.

މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ، ރ. ދުވާފަރުގައި ބިނާކުރެވިގެން މިދާ ފުޅި ބަންދުކުރާ ކާރުހާނާގެ ސަބަބުން ފަސޭހަކަމާއެކު ފެން ލިބުމުގެ އިތުރުން، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކެއް ވެސް ތަނަވަސްވެގެން ދާނޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ފާހަގަކުރައްވާފައިވާ ގޮތަށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނޭ ކަމެއް މިއީ،" ފަޒުލް ވިދާޅުވިއެވެ.

ރ. ދުވާފަރުގައި އެމްޑަބްލިއުއެސްސީން، ފުޅީގައި ފެންބަންދުކުރާ ކާރުހާނާއެއް އެޅުމުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީން ދުވާފަރުގައި ގާއިމް ގާއިމުކުރާ ފެން އުފައްދާ ކާރުހާނާއަކީ ޖުމުލަ 24 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ ކާރުހާނާގެ މަސައްކަތް ނިމި، އަންނަ ވަނަ އަހަރުގެ ތެރޭގައި އެތަން ހުޅުވިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ދުވާފަރުގައި ފެން އުފައްދާ ކާރުހާނާ ހުޅުވިގެން ދާއިރު އެތަނަކީ ގަޑިޔަކު 6,000 ފުޅި އުފެއްދުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ތަނަކަށް ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ރ. ދުވާފަރުގައި އެމްޑަބްލިއުއެސްސީން، ފުޅީގައި ފެންބަންދުކުރާ ކާރުހާނާއެއް އެޅުމުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީން ބުނީ، ދުވާފަރުގައި ފެންފުޅި ބަންދުކުރާ ކާރުހާނާއެއް ގާއިމްކުރުމުގެ ސަބަބުން ރ. އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ފުޅީގައި ބަންދު ކުރި ފެން ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ.

comment ކޮމެންޓް