ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެން ހޮޅިއެއް ފަޅައިގެން ގޮސް، ފެން ލިބުން މެދުކެނޑިއްޖެއެވެ.
'ސަން'އަށް މައުލޫމާތުދެމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ، ދެވަނަ ފިޔަވަހިން ހޮޅިއެއް ފަޅައިގެން ގޮސްފައިވުމުން އެ ސަރަހައްދުގައި މި ވަގުތު އެޗްޑީސީއާއި، މާލެ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިއަދުގެ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން އެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށް ވެސް އެޗްޑީސީން މައުލޫމާތުދިނެވެ.

ފެން ހޮޅި ފަޅައިގެން ގޮސް ސަރަހައްދުގައި ފެން ހެދިފައި --
ނަމަވެސް، ފަޅައިގެން ދިޔައީ ސީދާ ކޮން ހޮޅިއެއްކަމާއި ފެން ލިބުން މެދުކެނޑުނީ ކޮންކޮން ޓަވަރުތަކަކުން ކަމެއް އެޗްޑީސީން ހާމައެއްނުކުރެއެވެ.
'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާ ގިނަ ޓަވަރުތަކަކުން މި ވަގުތު ވަނީ ފެން ކެނޑިފައެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަޙައްދުގައި ފެން ހޮޅިއެއް ފަޅައިގެން ދިޔުމުގެ ސަބަބުން މަގުމަތީގައި ވެސް ފެންގަނޑު ބޮޑުވެފައިވެއެވެ.