ޖަޕާނާއި ރާއްޖޭގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބެރުޖެހުމުގެ ހަރަކާތްތަކެއް!

ސައި ގެ ބެރުގެ ހަރަކާތެއް--

ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރިތާ 50 އަހަރު ފުރުން ފަހަގަ ކުރުމަށް ޖަޕާނުގެ ބެރު ގްރޫޕެއް ކަމަށްވާ "ސައި"ގެ ހަރަކާތްތަކެއް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ ހައިކޮމިޝަނުން ބުނީ މި ހަރަކާތް ކުރިއަށް ގެންދާނީ ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕް ހަބޭސް އާ ގުޅިގެން ކަމަށެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)، ހަބޭސް ބޮޑު ބެރު ގްރޫޕް އަދި ޖަޕާނު ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ފުރަތަމަ ބައި އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު ހަވީރު 16:15 އިން 17:30 އަށް ޖުމްހޫރީ މައިދާނުގައެވެ. މިއީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ.

ދެވަނަ ހަރަކާތް އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު ޓެލެވިޜަން މޯލްޑިވްސްގައެވެ. 17 ވަނަ ދުވަހުގެރޭ 20:30 އިން 22:00 އަށް މި ހަރަކާތް ކުރިއަށް ދާނެ ކަމަށް ޖަޕާނު އެމްބަސީ އިން ބުނެއެވެ.

"ސައި" އަކީ ޖަޕާނުގައި ކުރިއަރަމުން އަންނަ ބެރު ގްރޫޕެކެވެ. އެގައުމުގައި ބޭއްވި ބެރުޖެހުމުގެ މުބާރާތްތަކުން އެއްވަނަ "ސައި "އިން ވަނީ ހޯދައިފައެވެ. މީގެ އިތުރުން ޖަޕާނުގެ ޓީވީ ޕްރޮގްރާމްތަކުންވެސް މި ގްރޫޕުގެ ހުށަހެޅުންތައް ފެނިގެންދެއެވެ.

"ސައި" އިން ބުނީ ދިވެހިން ގަޔާވާފަދަ ރީތި ހުށަހެޅުންތަކެއް ދައްކައިދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް