މަޝްހޫރުކަން ގެއްލިދާނެތީ ޖެހިލުންވޭ: އާމިރު

އާމިރު ހާން: ދަންގަލް' އިން 2000 ކުރޯރުގެ އާމްދަނީ އެއް ވަނީ ހޯދާފަ--

ބޮލީވުޑްގެ ސުޕާ އާމިރުހާނަށް ލިބިފައިވާ މަޝްހޫރުކަން ގެއްލިދާނެތީ ބިރު ގަންނަ ކަމަށް އޭނާ ބުނެފިއެވެ.

'ޓައިމްސް އޮފް އިންޑިއާ'އަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ ލިބިފައިވާ މަޝްހޫރުކަން ގެއްލިދާނެތީ އަބަދުވެސް ބިރުގަންނަ ކަމަށާ ކޮންމެ ފިލްމެއް ކުޅުމުންވެސް އޭނާއަށް އެކަމުން ވަރަށް ހިއްވަރު ލިބޭކަމަށެވެ.

އާމިރު ބުނީ އޭނާ އަބަދުވެސް ކުޅެނީ 30 އަހަރުގެ މީހުންގެ ރޯލު ކަމަށާއި ނަމަވެސް އެންމެ ފަހުން ނުކުތް 'ދަންގަލް' ގައި އޭނާ ކުޅުނު 55 އަހަރުގެ ފިރިހެން މީހާގެ ރޯލު ކުޅުނީ ވަރަށް ޖެހިލުންވެ ހުރެކަމަށެވެ.

"އަބަދުވެސް އެއް އަހަރު ތަކުގެ މީހުންގެ ރޯލުން މި ފެންނަނީ. ދެން ކުއްލިއަކަށް ކިހިނެއްވާނީ 55 އަހަރުގެ މީހެއްގެ ރޯލުން ފެނުނީމަ. އެކަމަށްވެސް ވަރަށް ޖެހިލުންވި،" އޭނާ ބުންޏެވެ.

'ދަންގަލް' ފިލްމަކީ އޭނާ މީގެ 10 އަހަރު ފަހުން ކުޅުމަށް ބޭއްވި ފިލްމެއްކަމަށާ ނަމަވެސް ހިތްވަރު ކޮށްފައި ފިލްމު ކުޅެލީކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އޭނާ އެ ފިލްމު ފަހުން ކުޅެން ބޭއްވީ މާ މުސްކުޅި މީހެއްގެ ރޯލުން ފެންނަން ޖެހުމުން ބެލުުންތެރިން އޭނާގެ މަސައްކަތް ބަލައިނުގަނެފާނެކަމުގެ ބިރަށްޓަކައިކަމަށެވެ. އޭނާއަށް އޮތް މަޝްހޫރުކަން ގެއްލިދާނެތީއެވެ.

ނަމަވެސް 'ދަންގަލް' ވެގެން ދިޔައީ އާމިރްގެ ނަސީބަކަށެވެ. އެ ފިލްމުން އޭނާގެ ހިތްވަރު އާލާވެގެންދިޔައެވެ.

އެ ފިލުމަކީ ބޮލީވުޑްގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމުގެ ރެކޯޑް މިހާރު އޮތް ފިލްމެވެ. ފިލްމު އެޅުވި ގިނަ ގައުމުތަކުގައި ވެސް މިހާތަނަށް އެންމެ ރަނގަޅަށް ހިނގި ހިންދީ ފިލްމުގެ ރެކޯޑް މި ފިލްމު ވަނީ ހޯދައިފައެވެ. އެންމެ ރަގަޅު އާމްދަނީ އެއް ވެސް ލިބިފައިވާ އެއް ފިލްމެވެ.

comment ކޮމެންޓް