އާއިލާއާ އެކު ދިވާލީ ފާހަގަކުުރުމަށް ސޯނަމް ޗުއްޓީއެއް ނަގައިފި

ސޯނަމް ކަޕޫރު: ފިލްމަކަށް ބޯ ބާލަން ބޭނުން ކަމަށް ވަނީ ބުނެފައި --

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު ފާހަގަ ކުރެވެނީ އަބަދުވެސް އާއިލާއަށް އިސްކަންދޭ، އާއިލާދެކެ ލޯބިވާ ތަރިއެއްގެ ގޮތުގައެވެ. ފާހަގަ ކުރާ ހާއްސަ ދުވަސްތަކުގައި އާއިލާ އާއެކު ވަގުތު ހޭދަކުރެވޭތޯ ސޯނަމް އަބަދުވެސް މަސައްކަތް ކުރެއެވެ.

ފިލްމީ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅެމުންވެސް އާއިލާ އާއި ރައްޓެހިންނާއެކު ދިވާލީ ފާހަގަ ކުރުމަށް ސޯނަމް ވަނީ މަސައްކަތުން ޗުއްޓީއެއް ނަގައިފައެވެ.

ސޯނަމް މިހާރު މަސައްކަތް ކުރަމުން އަންނަނީ "ވީރޭ ދި ވެޑިން" ގައެވެ. މި ފިލްމުގެ މަސައްކަތުން އޭނާ ފަސް ދުވަހުގެ ޗުއްޓީއެއް ނަގާފައިވާއިރު އާއިލާ އާއި ރައްޓެހިންނަށް ދައުވަތު ދީގެން ސޯނަމް ކޮންމެ އަހަރަކުވެސް ބާއްވާ ދިވާލީ ޕާޓީ މިއަހަރުވެސް އޮންނާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ސޯނަމް ކަޕޫރުގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު ސަންޖޭ ދަތުގެ ބަޔޯ ޕިކް އިންވެސް އޭނާ ފެންނާނެއެވެ. މީގެ އިތުރުން އަކްޝޭ ކުމާރުގެ ޕެޑްމޭން އިންވެސް ސޯނަމް، ރިހި ސްކްރީނުން ފެނިގެންދާނެއެވެ.

comment ކޮމެންޓް