"ހޭޓް ސްޓޯރީ4" އަންނަ މާޗު މަހުގައި!

"ހޭޓް ސްޓޯރީ4" އަންނަ މާޗް މަހުގައި ރިލީޒްކުރަނީ

"ހޭޓް ސްޓޯރީ" ސިލްސިލާގެ ފިލްމުތަކަކީ ބެލުންތެރިން އެންމެ ގަޔާވެގެން ބަލާ ފިލްމް ސިލްސިލާތަކެވެ. ފިލްމުގެ ބައެއް ފެނިލުމަށް ބެލުންތެރިން އަބަދު ވެސް އިންތިޒާރުކުރެ އެވެ.

މިއަދު މިއޮތީ އެ އިންތިޒާރުގެ ނިމުން އައިސް ޖެހިފަ އެވެ. ވިޝާލް ޕަންޑްޔާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި މިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ދެ ވަނަ ދުވަހުގަ އެވެ.

"ހޭޓް ސްޓޯރީ4"ގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައި ވަނީ ހަރަކާތްތެރި ވާނީ އުރްވަޝީ ރައުޓެލާ، ގުމްރީތް ޗޯދްރީ، ކަރަން ވާހި، ސޫރަޖް ޕަންޗޯލީ، ޖިމް ސަރްހްބްގެ އިތުރުން މޯހިޓް މަރްވަހް އެވެ.

comment ކޮމެންޓް