އަނިލް އާއި ސޯނަމް އެއް ފިލްމަކުން!

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަނިލް ކަޕޫރާއި އޭނާގެ އަންހެން ދަރިފުޅު އަދި ބަތަލާ ސޯނަމް ކަޕޫރު އެކުގައި ފިލްމެއް ކުޅުމަށް ތައްޔާރު ވެއްޖެ އެވެ.

ފުރަތަމަ ފަހަރަށް ދެމީހުން އެކުގައި ފެނިގެން ދާނީ ވިދޫ ވިނޯދް ޗޯޕްރާ ޕްރޮޑިއުސް ކުރާ ފިލްމު، 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އިންނެވެ. ފިލްމު ޑައިރެކްޓު ކުރާނީ ވިނޯދްގެ ކޮއްކޮ ޝެލީ ޗޯޕްރާ އެވެ.

ވިނޯދް ޗޯޕްރާ ބުނީ އަނިލް ކަޕޫރު ފިލްމަށް އެއްބަސްވުމަކީ ވަރަށް ބޮޑު ކަމެއްކަމަށާއި، ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

ވިނޯދް މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ޕްރޮޑަކްޝަން 'ސަންޖޫ' އަށެވެ. 'ސަންޖޫ' އަކީ ބޮލީވުޑް އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ރަންބީރު ކަޕޫރު އެވެ.

ސޯނަމް ކަޕޫރުގެ މަސައްކަތްތަކަށް ބަލާއިރު، އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2016 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ނީރްޖާ' އިންނެވެ. މިހާރު ސޯނަމް އަންނަނީ އަކްޝޭ އާއެކު 'ޕެޑްމޭން' އަދި ކަރީނާ ކަޕޫރާއެކު 'ވީރޭ ދީ ވެޑިންގ' ގެ މަސައްކަތް ކުރަމުންނެވެ.

އަނިލް ކަޕޫރު އެންމެ ފަހުން ފެނިގެން ދިޔައީ މި އަހަރު ރިލީޒް ކުރި 'މުބާރަކާން' އިންނެވެ. އަނިލް ކަޕޫރު މިހާރު މަސައްކަތް ކުރަމުން އަންނަނީ 'ފެނީ ޚާން' ގައެވެ.

comment ކޮމެންޓް