ގާނޫނީ ވަކީލު ޝާންގެ ބަންދަށް ހަތް ދުވަސް

ގާނުނީ ވަކީލު އަހުމަދު ޝާން ---

ގދ. ތިނަދޫ ގެސްޓު ހައުސްއެއްގެ ތެރެއިން ކުޑަކުއްޖަކާ އެކު އިއްޔެ ހައްޔަރު ކުރި ގާނޫނީ ވަކީލު އަހުމަދު ޝާންގެ ބަންދަށް ހަތް ދުވަސް ތިނަދޫ ކޯޓުން އިތުރުކޮށްދީފިއެވެ.

ޝާންގެ ގާނޫނީ ވަކީލު ޝަޒީމް ވަހީދު ވިދާޅުވީ ހައްޔަރުކުރި އިރު ޝާން ހުރި ގެސްޓް ހައުސްއަކީ އޭނާ އެރަށުގައި ދިރިއުޅުނު ތަން ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުން ގެސްޓު ހައުސް އަށް ވަން އިރު ޝާން ހުރީ ފުރަން ކާނޑެއްދޫ އެއާޕޯޓަށް ދިޔުމަށް ތައްޔާރުވުމަށް ފާޚާނައިގައި ކަމަށެވެ. އަދި އެ ކޮޓަރީގެ ދޮރު ހުޅުވީ ކޮޓަރީގައި ހުރި އަންހެން ކުއްޖާ ކަމަށާއި އަންހެން ކުއްޖާ އެ ކޮޓަރިއަށް ވައްދާފައި ވަނީ ބަޔަކު ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ޝާންއާ ހަވާލާދީ ޝަޒީމް ވިދާޅުވިއެވެ.

ޝާން ހުރި ގެސްޓް ހައުސް އަށް ފުލުހުން ވަނީ ކޯޓު އަމުރެއް ނެތި ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 31 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އަންހެން ކުއްޖާ އަކީ މީގެކުރިން ވެސް އެފަދަ މައްސަލަތަކުގައި ތިނަދޫ ޕޮލިސްޓޭޝަނަށް ހާޒިރުކޮށްފައިވާ ކުއްޖެއް ކަމަށާއި ނަމަވެސް ރެއިން ރެއަށް އަންހެން ކުއްޖާ ބަންދުން ދޫކޮށްލާފައިވާ ކަމަށް ޝަޒީމް ވިދާޅުވިއެވެ.

ޝަޒީމް ވިދާޅުވީ އަންހެން ކުއްޖާއާ މެދު ބަދުއަޚުލާގީ އަމަލެއް ހިންގާފައިވާކަމަށް އެ ކުއްޖާ ބުނާ ކަމަށް ކޯޓުގައި ފުލުހުން ބުނެފައިނުވާ ކަމަށެވެ.

"އަންހެން ކުއްޖާ ގަދަކަމުން އެތަނަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައެއް ނުވޭ،" ޝަޒީމް ވިދާޅުވިއެވެ.

"ފުލުހުން ސީނަށް ހާޒިރުވީ ޖެންޑާގެ ބޭފުޅުންނާ އެކުކަން އަޅުގަނޑު ފާހަގަކޮށްލަން. އިއްޔެ ޝާން ތިނަދުއަށް އައި މިކޮޅުގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ މުއްދަތު މަޖިލީހަށް. އިއްޔެ ކޯޓުން ނިމިގެން ގެސްޓް ހައުސްއަށް ވަނުމާއި ފުލުހުން ދިޔުމާ ދެމެދު ވާނީ 20 ވަރަކަށް މިނެޓް. އޭރު 18:55 ގެ ފްލައިޓުން މާލެ ފުރަން ޝާން ވަނީ ޓިކެޓު ނަގައި ހަމަޖައްސާފައި،"

comment ކޮމެންޓް