ރައީސް ޔާމީން އިސް ރަށްވެހިންނާ ބައްދަލުކުރެއްވުން ހޯމަ ދުވަހުގެ ރެއަށް ފަސްކޮށްފި

ރައީސް ޔާމީން --- ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫގެ ދެ ކަނބަލުން މިރޭ ދޮށީ އުމުރުގެ މީހުން ނުވަތަ ދިވެހި އިސް ރަށްވެހިންނާ ބައްދަލު ކުރެއްވުން މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، ރައީސްގެ ދެކަނބަލުން އިސް ރަށްވެހިންނާ ބައްދަލުކުރެއްވުން ދެން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ. އެ ބައްދަލުކުރެއްވުން އޮންނާނީ ރަސްފަންނުގައެވެ.

އެ ބައްދަލުވުމުގައި ވީހާވެސް ގިނަ އަދަދެއްގެ އިސް ރަށްވެހިން ބައިވެރިވުމަކީ ރައީސްގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް މުއާޒު ވިދާޅުވިއެވެ.

"މިއީ އަލަށް ކުރައްވާ ކަމެއް ނޫން. އެމަނިކުފާނުގެ ޒައާމަތުގެ ތެރޭގައި މީގެ ކުރިން ވެސް ވަނީ ވަރަށް ކާމިޔާބުކަމާއެކު ގައުމުގެ އިސް ރަށްވެހިންނާއެކު ބައްދަލު ކުރެއްވުންތަކެއް ބާއްވާފައި،" އޭނާ ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ، ރައީސް ކޮންމެ ދުވަހަކު ވެސް އިސް ރަށްވެއްސަކާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާ ކަމަށާއި 'އިސް ރަށްވެހިން' މި ލަފްޒު ދިވެހިންގެ ތެރެއަށް ގެނެސްދެއްވި ހަގީގީ ބާނީއަކީ ރައީސް ޔާމީން ކަމަށެވެ.

comment ކޮމެންޓް