ޔާމީންގެ ވަކީލު ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން

ހައި ކޯޓުގައި ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި ދިފާއީ ވަކީލް ސިޔާޒް ވާހަކަ ދައްކަވަނީ ----

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ދީފިއެވެ.

މިކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ސިޔާޒަށް މަގާމު ރަސްމީކޮށް ހަވާލުކޮށްފައި ވާކަމަށެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ތުހުމަތުގައި 2019ވަނަ އަހަރުން ފެށިގެން ޔާމީންގެ މައްޗަށް ކުރި ދައުވާތަކުގެ އަޑުއެހުންތަކުގައި ސިޔާޒް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި މިމަހުގެ 18ވަނަ ދުވަހު ބޭއްވި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމުގައި ވެސް އޭނާ ބައިވެރިވެ ވަޑައިގަތެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާޒް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު އަދާކުރެއްވިއެވެ.

comment ކޮމެންޓް